އެމްޕީއެލް ކޮންޓެއިނަރު އޭރިޔާ/ ފޮޓޯ: އެމްޕީއެލް
ހަބަރު
20 Dec 2023 | 20:08
ބައެއް ކޮންޓެއިނަރުތައް ސައިޓުތަކަށް ގެންދިޔުމަށްފަހު ކްލިޔަރކުރަން ނިންމައިފި

ކަސްޓަމްއިން ބައެއް ކޮންޓެއިނަރުތައް އޭގެ ވެރިފަރާތުގެ ސައިޓަށް ވެއްދުމަށް ފަހު ކްލިޔަރ ކުރާގޮތަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު ވިދާޅުވީ، މި ގޮތަށް ނިންމުމުން ޖާގައިގެ ދަތިކަން ހައްލުވެ އެމްޕީއެލްތެރެ އަވަސް ގޮތެއްގައި ހުސްވެގެންދާނެ ކަމަށެވެ.

މީގެ ސަބަބުން ކުދި ވިޔަފާރި ކުރާ ފަރާތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި ޑެމަރޭޖް ޗާޖުތައް ވެސް މަދުވެ، އެފިޝަންޓްވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުޅި ޕްރޮސަސްއެއްކޮށް ޑިޖިޓަލައިޒްކޮށް ހުށަހަޅަން ޖެހޭ ފޯމްތަކާއި އިތުރު ލިޔެކިޔުންތައް ޒަމާނީ ތަރައްގީ އާއި ޒަމާނީ ވަސީލަތްތަށް ބޭނުންކޮށް، ފަސޭހަކަމާ އެކީ މަސައްކަތްތައް ނިންމޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ގޮތަށް ކުރިޔަށް ގެންދިޔުމުން ފިޒިކަލީ އެ މަސައްކަތް ކުރާއިރު އަރާ ކޮންފްލިކްޓްތައް މަދުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ނިންމީ ޕްރޮސަސް އެއްކޮށް ޑިޖިޓަލައިޒް ކުރަން އޭރުން ހުށަހަޅަން ޖެހޭ އެއްވެސް ޕޭޕާރ އެއް ނޯންނަނެ. އޭރުން ކަސްޓަމްސް އޮފިސާސް އާއި ޖެނެރަލް ޕަބްލިކާ ދިމަލެށް ނުވާނެ އެއްވެސް ގޮތަކަށް، އެހެންވީމަ ވާގޮތަކީ ކުރީބައިގައި ކްލިޔަރ ކުރަަނީ ވަކި ބައެއްގެ އެއްޗެއްސެއް، ވަކި ބައެއްގެ އެއްޗެއްސެއް ފަހު ކްލިޔާރ ކުރުމެއް. އޭރުން ވިޔަފާރިވެރިންނާ ދެމެދު އަރާ ކޮންފްލިކްޓްތައް މަދު ކުރެވޭނެ."

ކޮމިޝަނަރ ޖްނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު

ބޮޑެތި ވިޔަފާރިވެރިންގެ މުދާ އެމީހުންގެ ސައިޓަށް ކްލިޔަރ ކުރުމުން ކުދި ވިޔަފާރިތަކަށް އަވަސްކަމާ އެކު ސަޕްލައި ލިބި، އެމީހުންގެ ކޮންޓެއިނަރުތައް ވެސް އަވަހަށް ކްލިޔަރވެ، އެމްޕީއެލްތެރޭ ޖާގަ ހުސްވެ ޖާގައިގެ ދަތިކަން ކުޑަކުރެވޭނެ ކަމަށް ވެސް ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިއު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.