ވެސްޓްހަމް ކޮޅަށް ލަނޑުޖެހުމަށް ފަހު ލިވިޕޫލުގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު
21 Dec 2023 | 08:44
ލީގުކަޕްގެ ކުއާޓާ ފައިނަލުގައި ވެސްޓްހަމް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

އިގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ އަމިއްލަ ދަނޑުގައި 5-1 ގެ ނަތީޖާއަކުން ވެސްޓްހަމް ބަލިކޮށް ލިވަޕޫލުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓުކުރި އިރު މި ހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ 15 މިނެޓް ތެރޭގައި އެޓީމުގެ މިޑްފިލްޑަރު ހާވީ އެލިއޮޓް ޢަށް ލިބުނު ހުސް ދެ ފުރުސަތުގެ ބޭނުން ނުކުރެވި ދިޔައިރު، އެޓީމުން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަންގޭރީގެ މިޑްފީލްޑަރު ޑޮމެނިކް ސޮބޮސްލައި އެވެ. މިއީ އެޓީމުގެ ޒުވާން ޑިފެންޑަ ރުޖެރެލް ކުއާންސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ މިޑްފިލްޑަރު ކާޓިސް ޖޯންސް ދެލަނޑު ކާމިޔާބު ކުރި އިރު، ނެދަލޭންޑްސްގެ ފޯވާޑް ކޯޑީ ގައްޕޯ އަދި މުހައްމަދު ސަލާހް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ މިހާފުގައި އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މިމެޗުގައި ވެސްޓްހަމް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ޖެރޮޑް ބޮވެން އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މުބަރަތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ލިވަޕޫލުން ނުކުންނާނީ ފުލަމް އާއި ދެކޮޅަށެވެ. މިދެޓީމުގެ މެޗުގައި ކުޅެވޭ ސެމީފައިނަލްގެ ފުރަތަަމަ ލެގް ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ލިވަޕޫލުގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ލެގް ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ފުލަމްގެ ދަނޑުގައެވެ.

މިމުބާރަތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރަނީ ޗެލްސީ އަދި މިޑުލްސްބަރާ އެވެ. މިދެޓީމުގެ މެދުގައި ކުޅެވޭ ފުރަތަަމަ ލެގުގެ މެޗު މިޑުލްސްބަރާގެ ދަނޑުގައި ޖެނުއަރީމަހުގެ 9 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ ލެގްް ޗެލްސީގެ ދަނޑުގައި ކުޅޭނީ ޖެނުއަރީމަހުގެ 23 ވަނަ ދުވަހު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.