ޝެއިޚް އަބްދުﷲ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް؛ މަރުގެ ހުކުމް ތަންފީޒުކުރުމާއި ގުޅޭގޮތުން ޝެއިޚް އަބްދުﷲ ވަނީ މައުމޫނަށް ވަރުގަދަ ރައްދެއް ދެއްވާފައި--
ހަބަރު
21 Dec 2023 | 11:36
"ބައެއް މީހުން ޤުރްއާން ކިޔަވާން ދަތަސް އެއަށް އީމާންނުވެ ތިބޭކަން އެމީހުންގެ ވާހަކަތަކުން ހާމަވޭ"

މަރުގެ ހުކުމް ތަންފީޒުކުރުމަކީ ގައުމީ ތަރައްގީގެ ލަނޑުދަނޑިއެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވުމާއި ގުޅިގެން، މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުالله ބިން މުހައްމަދު އެމަނިކުފާނަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. 

އެގޮތުން، މައުމޫނަށް ރައްދު ދެއްވައި ޝެއިޚް އަބްދުالله ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކީރިތި ޤުރްއާނަކީ އިންސާނުން ތަހުޒީބުކޮށް ދުނިޔެ އަމާންކޮށް, ނަފްސުތައް ތާހިރުކޮށްދިނުމަށް މާތް الله ބާވައިލެއްވި ފޮތް ކަމަށެވެ.

އަދި ޤުރުޢާނަށް އީމާންނުވާ މީހަކަށް ހެވެއް ނެތް ކަމީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް ކަަމަށް ވެސް ޝެއިޚް ވިދާޅުވި އެވެ. 

ބައެއް މީހުން ޤުރްއާން ކިޔަވާން ދަތަސް އެއަށް އީމާންނުވެ ތިބޭކަން އެމީހުންގެ ވާހަކަތަކުން ހާމަވެގެން ދެއެވެ.

އައްޝައިޚް އަބްދުالله ބިން މުހައްމަދު 

މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޛު ކުރާނެ ކަމަށް ބުނުމުން އެކަމާއި ދެކޮޅަށް ރައީސް މައުމޫން ކުރެއްވި ޕޯސްޓަށް ރައްދު ދެއްވައި ޝެއިޚް ޝަފީޢު އަބްދުالله ވެސް ވަނީ ޕޯސްޓެއް ކުރައްވާފައެވެ. 

އެގޮތުން ޝެއިޚް ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މައުމޫންގެ ޒަމާނުން ފެށިގެން މަރަށް މަރު ނުހިފާ ހުއްޓާ މިހާރު މީހެއްގެ މަރަކީ މަދިރިއެއްގެ މަރާ އެއްފަދަ ކަމަކަށް ވެއްޖެ ކަމަށް ވިދާޅުވެފައެވެ.

މިއަށް ވުރެ ބޮޑަށް ތަރައްޤީއަށް އޮތް އިތުރު ހުރަހެއް ނެތެވެ. އެހެން ނޫނަސް މަރަށް މަރަކީ އިލާހީ ޙުކުމްފުޅެކެވެ. އެ ކަމަށް މުއުމިނަކު އިންކާރެއް ނުކުރާނެއެވެ.

ޝެއިޚް ޝަފީޢު އަބްދުالله

ރާއްޖޭގެ ޝަރުޢީ ނިޒާމުގައި މަރުގެ ހުކުމް އިއްވި ނަމަވެސް މިހާތަނަށް އެ ހުކުމް އެއްވެސް ސަރުކާރެއްގައި ތަންފީޒްކޮށްފައެއް ނުވެއެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވި އިރު މަރުގެ އަދަބު ތަންފީޒުކުރަން ބައެއް މަސައްކަތްތައް ކޮށްފައިވީ ނަމަވެސް، މަރުގެ އަދަބު ދީފައެއްނުވެއެވެ.

އެފަހުން އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވާހަކަ ދައްކަމުން ދިޔައީ ރާއްޖޭގެ ޝަރްޢީ ނިޒާމް އޮތް ގޮތުން މަރަށް މަރު ހިފެން ނެތް ކަމަށް ބުނެއެވެ. 

މިވަގުތުވެސް މަރުގެ ހުކުމް އިއްވާފައިވާ 4 މީހަކު އެބަތިއްބެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.