މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/އާބަންކޯ
ހަބަރު
21 Dec 2023 | 19:09
ރަސްމާލެ މަޝްރޫޢުގެ ސަބަބުން އާބަންކޯގެ ކޭޝްފްލޯއަށް އަސަރެއް ނުކުރާނެ: ފަޒުލް

ރަސްމާލެ މަޝްރޫއަކީ އާބަންކޯގެ އަތުން ފައިސާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެއް ނޫން ކަމަށާއި، އެ މަޝްރޫއުގެ ސަބަބުން އެ ކުންފުނީގެ ކޭޝްފްލޯ އަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް، އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. 

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫޢުއާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަޒުލް ވިދާޅުވީ، އެ މަޝްރޫއު އަކީ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއްނެތި އާބަންކޯއިން ޒިންމާވާގޮތަށް، ކޯޕަރޭޓް ގެރެންޓީ އަކާ އެކު ފަށާ މަޝްރޫއެއް ކަމަށެވެ. 

އަޅުގަނޑުމެންގެ ކޭޝްފްލޯ އަކަށް މީގެން ކުރާނެ އަސަރެއް އިރާދަކުރެއްވިއްޔަކާ ނެތް. ކުރިއަށް އޮތް ތަނުގައި، މިޕްރޮޖެކްޓްގެ ސަބަބުން، އަޅުގަނޑުމެންގެ ކޭޝްފްލޯ އަށް އިތުރު ތިޔާގި ކަމެއް، އިތުރު ލޯނު ނެގުމުގެ ފުރުސަތުތަކެއް، ދިވެހިރާއްޖެ އާއި، ދިވެހިރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަޅުގަނޑުމެންގެ އެޝުއަރެންސް އިތުރުވެގެން މިދިޔައީ. 

އިބްރާހީމް ފަޒުލް ރަޝީދު 

ފަޒުލް އިތުރަށް ވިދާޅުވީ، އާބަންކޯ އަކީ ބޭރު ގައުމުތަކުގައި ވެސް ނަން މަޝްހޫރު ކުންފުންޏެއް ކަމަށެވެ. އަދި އާބަންކޯއާއި ގުޅިގެން ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގެ ޝައުގުވެރިކަން ވަރަށް ގިނަ ކުންފުނިތަކުން ފާޅުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެން ކުންފުނިން ވެސް މީގައި ފައިސާއެއް ޚަރަދެއް ނުކުރަން. ދައުލަތަކުން ވެސް ފައިސާއެއް ޚަރަދެއް ނުކުރަން. ބިން ހިއްކައިގެން ލިބޭ ލޭންޑް ވިއްކައިގެން މީގެން އަގު އަދާ ކުރަނީ.... މިއީ އެއްވެސް ވަރަކަށް، ކުންފުނިން (އާބަންކޯއިން) ލާރި ދައްކާ ގޮތަށް ކުރާ މަސައްކަތެއް ނޫން. އަޅުގަނޑުމެންނަށް، ހުޅުމާލެއިން ދޫކުރާ 10 ހެކްޓަރާއި، ރަސްމާލެއިން ދޫކުރާ 60 ހެކްޓަރުގެ ބަދަލުގައި މި ލިބެނީ 1093 ހެކްޓަރު ބިން. އެޗްޑީސީ (އާބަންކޯ)ގެ އެސެޓަށް. 

އިބްރާހީމް ފަޒުލް ރަޝީދު 

ރަސްމާލެ މަޝްރޫއަށް ފުށިދިއްގަރު ފަޅުން ޖުމުލަ 1153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް މީގެ ކުރިން އާބަންކޯއިން ބުނެފައިވެއެވެ. 

2 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއި ދުނިޔޭގައި ބިންހިއްކުމުގެ މަސައްކަތުގައި އެންމެ ގާބިލު އަދި ރާއްޖޭގައި ވެސް މަޝްރޫއުތައް ހިންގަމުންދާ ކުންފުންޏެއް ކަމުގައިވާ ބޮސްކާލިސް ވެސްޓްމިނިސްޓަރ ކޮންޓްރެކްޓިން ކޮމްޕެނީއާ ގުޅިގެންނެވެ. 

މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް ފުށިދިއްގަރުފަޅު ހިއްކުމަށް ހަމަޖެހިފައިވަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރ އުސްމިނަށެވެ. މިއީ ހުޅުމާލެ އަށްވުރެ އިތުރު 0.5 މީޓަރ އުސްކޮށް ހިއްކޭ ރަށެކެވެ. މި ރަށުގައި އަންދާޒާ ކުރެވޭގޮތުން 240،000 އަށްވުރެ ގިނަ އާބާދީއެއް ގާއިމްކުރެވިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.