ހައްޖު ކޯޕަރޭޝަނުގެ ދަށުން އުމްރާއަށް ގޮސް ތިބި ދިވެހިން / ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހަބަރު
22 Dec 2023 | 11:00
ރައްކާތެރިކަން ކަށަވަރު ކުރުމަށް ހައްޖާޖީންގެ އަތުގައި ސްމާޓް ޓެގް ބޭނުން ކުރަނީ!

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ހައްޖަށްދާ ހައްޖާޖީންގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް، ހައްޖާޖީންގެ އަތުގައި ސްމާޓް ޓެގް ބާއްވަން ނިންމައި އެ ތަކެތި ގަންނަން އެ ކޯޕަރޭޝަނުން އިއުލާން ކޮށްފިއެވެ. 

ހައްޖު ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަނުން މިހާރު ތައްޔާރު ވަމުންދަނީ، ހައްޖާޖީން ސައުދީ ޢަރަބިއްޔާގައި ތިބި ލޮކޭޝަން ނުވަތަ ތަން ވަގުތުން ބަލާލެވޭނެ ގޮތް މަގު ފަހި ކުރުމަށްޓަކައި ސްމާޓް ޓެގް ގެ ބޭނުން ކުރަން ތައްޔާރު ވަމުންދާ ކަމަށެވެ. 

ސްމާޓް ޓެގް އަކީ އަތުގައި، ބޭގަށް ލާފައި ބޭއްވޭ ގޮތަށް ހައްޖާޖީންގެ އަތަށް ހަވާލުކުރެވޭ އެއްޗެއް. ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން އެއީ އަޅުގަނޑުމެން އެންމެ ސަމާލުކަންދޭ ކަންތައް. މިގޮތަށް ސްމާޓް ޓެގް އޮތުމުން މާލޭގައި ތިބޭ އާއިލާގެ ބޭފުޅުންނަށްވެސް ހިތްހަމަޖެހުން އޮންނާނެ، ހައްޖާޖީން ގެއްލިގެން ހޯދަން ޖެހިއްޖެ ހާލަތެއްގައި، ސްމާޓް ޓެގްގެ އެހީގައި ހައްޖާޖީންގެ ލޮކޭޝަން އަޅުގަނޑުމެންނަށް ބަލާލެވޭނެ. އަދި އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ދޭން ފަސޭހަވެގެންދާނެ. 

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލު

އެގޮތުން، އެކަމަށްޓަކައި ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހައްޖު ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައިވާގޮތުން، އެ ކޯޕަރޭޝަނަށް ބޭނުންވަނީ، ސްމާރޓް ޓެގް 2 ، ގެ 800 ޓެގާއި ސެމްސަންގް ގެލެކްސީ އެސް 23 އަލްޓްރާ 7 މޮބައިލް ފޯނު އަދި އެއާ ގުޅޭ ބައެއް ސާމާނެވެ. 

ހައްޖު ކޯޕަރޭޝަނުން ބުނީ، ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 03 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 03 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައި ކަމަށެވެ. 

އަދި އެކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 27 ޑިސެމްބަރު 2023 ވާ ބުދަ ދުވަހުގެ އެއް ގަޑި ސުންމިނެޓު (13:00) ގެ ކުރިން [email protected]  އަށް މެއިލް ކުރުމަށްވެސް އެދިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.