ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު--
ހަބަރު
22 Dec 2023 | 17:16
މަރުގެ އަދަބު ތަންފީޒު ކުރާނެކަން ސަރުކާރުން އިޢުލާނު ކުރުމާއިއެކު ބޭރުގެ ފިއްތުންތައް!

މި ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒުކުރާނެ ސަރުކާރެއްކަން އިއުލާން ކުރުމާއި ގުޅިގެން، އިންސާނީ ހައްގުތަކުގެ ނަމުގައި އިސްލާމީ ޝަރީއަތަށް ގޮންޖަހާ އިސްލާމްދީނުގެ ހައްދުތަކާއި ދެކޮޅަށް ވަކާލާތު ކުރާ ހިއުމަން ރައިޓްސް ވޮޗް އިން ނުރުހިއްޖެއެވެ. 

އެންމެ ފަހުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރުގެ ހުކުމް ތަންފީޒުކުރުމުގައި މިސަރުކާރުގެ ގެންގުޅޭ ސްޓޭންޑާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު އިޙުސާން ވަނީ މަރުގެ އަދަބު ތަންފީޒުކުރުމަކީ މި ސަރުކުން ކުރަން ނިންމާފައިވާ މަސައްކަތެއްކަން ހާމަ ކުރައްވާފައެވެ. 

"މަރުގެ އަދަބު ތަންފީޒުކުރުމާއި ގުޅޭގޮތުން ބުނާނީ، މިއީ މަރުގެ ހުކުން ތަންފީޒުކުރުމަށް ނިންމާފައިވާ ސަރުކާރެއް. އެކަން ކުރުމަށް ބަލަންޖެހޭ ކަންކަން ބަލާ، ޤާނޫނާއި ގަވައިދުގެ ތެރެއިން ކުރާނަން." ނަމަވެސް، އެކަމާއި ގުޅިގެން ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ކަން ފާހަގަކުރައްވައި އިހްސާން ވަނީ އެ ކަންކަން ސަރުކާރުން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން

ސަރުކާރުގެ މި ސްޓޭންޑް އިއުލާން ކުރުމާއި އެކު، އިސްލާމް ދީނުގެ ހަތުރު، ހިޔުމަށން ރައިޓްސް ވޯޗް އިން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ އެ ނިންމުމާމެދު ދުނިޔެ ކަންބޮޑުވާ ކަމަށް ބުނެފައެވެ.

އަދި މަރުގެ އަދަބު ތަންފީޒު ކުރަން މި ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންދަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އެ ބަޔާނުގައި މަރުގެ ހުކުމް ތަންފީޒުކުރުން ސިފަ ކޮށްފައިވަނީ އަނިޔާވެރި އަދި ލާއިންސާނީ އަމަލެއްގެ ގޮތުގައެވެ. އަދި އެކަން އުވާލުމަށް ދުނިޔޭގައި ކުރާ މަސައްކަތާ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އެއްގޮތް ވާން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ. 

ރާއްޖޭގެ ގާނޫނު އަސާސީގައި، ގަސްދުގައި މީހަކު މަރާއިފި މީހާގެ ކިބައިން އިސްލާމީ ޝަރީއަތުގައި ވާފަދައިން ގިޞާސް ހިފަންޖެހޭނެ ކަމަށް އޮތް ނަމަވެސް އެ އަދަބު ތަންފީޒު ކުރާނެ ކަމަށް ސަރުކާރުން އިއުލާން ކުރާ ކޮންމެ ފަހަރަކު ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ރާއްޖެ އަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތި ކުރެ އެވެ.

އެގޮތުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި އެކަން އިއުލާން ކޮށް، ހުކުމް ތަންފީޒުކުރަށް މަސައްކަތް ފެށުމާއި އެކުވެސް ބައިނަލްއަގުވާމީ ޖަމިއްޔާ ތަކުން ފިއްތުންތައް ކުރިމަތިކުރުވަން ފެށިއެވެ. 

އެފަހުން އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވާހަކަ ދައްކަމުން ދިޔައީ ރާއްޖޭގެ ޝަރްޢީ ނިޒާމް އޮތް ގޮތުން މަރަށް މަރު ހިފެން ނެތް ކަމަށް ބުނެއެވެ. 

މިވަގުތުވެސް މަރުގެ ހުކުމް އިއްވާފައިވާ 4 މީހަކު އެބަތިއްބެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.