މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ކުލަބް ވޯލްޑްކަޕް ޓްރޮފީ އާއެކު އުފާފާޅުކުރަނީ
ކުޅިވަރު
23 Dec 2023 | 10:04
ބްރެޒިލްގެ ފްލުމިނޭންސް ބަލިކޮށް މެންޗެސްޓާ ސިޓީއަށް ކުލަބް ވޯލްޑްކަޕްގެ ޗެންޕިއަންކަން

ސައޫދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި 4-0 ގެ ނަތީޖާއަކުން ބްރެޒިލްގެ ފްލުމިނޭންސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އިން ހޯދައިފި އެވެ.

ކޮޕާ ލިބަޓަޑޯރެސްގެ ޗެންޕިއަން ބްރެޒިލްގެ ފްލުމިނޭންސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި އެފްރިކާގެ ޗެންޕިއަން މިސްރުގެ އަލް އަހުލީ 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ޔޫރަޕްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި އޭޝިއާގެ ޗެންޕިއަން ޖަޕާނުގެ އުރަވާ ރެޑްސް 3-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

ސައޫދީ އަރަބިއްޔާގެ ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ހުކުރުދުވަހުގެ ރޭ ކުޅެވުނު މިމެޗުގެ ފުރަތަަމަ މިނެޓުގައި މެންޗެސްޓާ ސިޓީ އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިއީ ކުލަބް ވޯލްޑްކަޕްގެ ތާރީޚުގައި ވެސް މިހާތަނަށް ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ތަރި ޖޫލިއަން އަލްވަރޭޒް އެވެ.

މިއީ އެޓީމުގެ ނެދަލޭންޑްސް ޑިފެންޑަރު ނޭތަން އަކޭ ފްލުމިނޭންސްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑީގައިޖެހިފައި ނުކުތް ވަގުތު އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީ އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިގޯލަކީ ފުރަތަަމަ ހާފުގެ 27 ވަނަ މިނެޓުގައި ފްލުމިނޭންސްގެ ބްރެޒިލް ޑިފެންޑަރު ނީނޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި ގޯލާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ މެންޗެސްޓާ ސިޓީ އިންނެވެ. އެގޮތުން މިހާފުގައި އެޓީމުގެ އެޓީމުން ވަނީ ގޯލްޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މިމެޗުގައި މެންޗެސްޓާ ސިޓީ އިން ކާމިޔާބުކުރި ތިންވަނަ ގޯލު ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން އެވެ. މިއީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ޖޫލިއަން އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ. އަދި މިމެޗުގައި ސިޓީ އިން ކާމިޔާބުކުރި ހަތަރުވަނަ ގޯލު މެޗު ނިމެން ދެމިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ. މި ގޯލާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ. އަދި ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މެންޗެސްޓާ ސިޓީގެ ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ. އޭނާ ވަނީ މިމެޗުގައި ސިޓީއަށް ދެ ގޯލު ކާމިޔާބުކޮށްދިނުމުގެ އިތުރުން އިތުރު ގޯލެއް ޖެހުމަށް އެހީތެރިވެދީފައެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯޅަ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އަށް ލިބުނުއިރު، ސިލްވާ ބޯޅަ ލިބުނީ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ އަށެވެ. އަދި ބްރައުންޒް ބޯޅަ ލިބުނީ ފްލުމިނޭންސްގެ ކޮލަމްބިއާ މިޑްފީލްޑަރު ޖޯން އަރިއަސް އަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.