ހޭލުންތެރިކަމުގެ ސެޝަންގެ ތެރެއިން-- ފޮޓޯ: ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ހަބަރު
24 Dec 2023 | 12:51
ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީން ފައިލޭރިއާއަށް ހޭލުންތެރިކުރަނީ

މިމަހުގެ 14 ވަނަ ދުވަހު ހދ.ކުޅުދުއްފުށިން ފެނިފައިވާ ފައިލޭރިއާ ބައްޔާއި ބެހޭގޮތުން އެ ރަށުގައި އުޅޭ އިންޑިއާ ބިދޭސީންނަށް ހާއްސަކޮށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މި ސެޝަންތައް ކުރިއަށްގެންގޮސްފައި ވަނީ ހިންދީ، އުރުދޫ އަދި ތަމަޅަ ބަހުން ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކުޅުދުއްފުށީގައި އުޅޭ 439 ބިދޭސީ މަސައްކަތްތެރިން ޓެސްޓުކުރެވިފައި ވާއިރު އޭގެ ތެރެއިން މިހާތަނަށް 25 މަސައްކަތްތެރިން މި ބައްޔަށް ފައްސި ވެފައިވާކަމަށެވެ. 

އަދި އެ ރަށުގެ ރައްޔިތުންގެ ރެންޑަމް ސާމްޕަލިންއިން ޓެސްޓްކުރެވުނު އެއްވެސް ފަރާތެއް މި ބައްޔަށް ފައްސި ވެފައެއް ނުވެއެވެ.

ކުޅުދުއްފުށީގެ އިތުރުން ޑިސެންބަރު 22 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދެވުނު މައިގްރޭންޓް ފެއާގައި ޓެސްޓުކުރެވުނު 13 ބިދޭސީންގެ ތެރެއިން އެކަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ މި ބައްޔަށް ފައްސިވެފައިވާ ވޭދަނަތަކެއް އެންމެ ފުރަތަމަ ފެނުނީ ޑިސެންބަރު 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރެއިންނެވެ.

މި ފަރާތްތަކަކީ މިހާރު ވެސް ފައިލޭރިޔާ ފެންނަމުންދާ ޤައުމަކުން އައިސްފައިވާ ބައެއް ކަމަށް އެ އެޖެންސީއިން ބުނެއެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ ބަލި ފެނުނު ސަރަހައްދުތަކުން އިތުރު ބިދޭސީން ޓެސްޓުކުރުމުގެ ހަރުދަނާ ނިޒާމުތަކެއް ގާއިމުކުރަމުންދާ ކަމަށެވެ. މިކަމަށް ބޭނުންވާ އިތުރު ޓެސްޓް ކިޓުތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ގުޅިގެން ހޯދަމުން ދާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމާއި ފައިލޭރިއާ އަށް މީހުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ވެސް އެ އިދާރާއިން ވަނީ ރާވާފައެވެ.

ފައިލޭރިއާ އަކީ އާއްމުކޮށް ހަޑި ފެނުގައި އާލާވާ ކިއުލެކްސް އޭ ކިޔާ މަދިރީގެ ބާވަތަކުން ފެތުރޭ ބައްޔެކެވެ. މިބަލީގެ އާންމު އަލާމާތަކީ ފައި ދުޅަވުން ނަމަވެސް، މި ބަލި ޖެހުމަށްފަހު އެތައްދުވަހެއް ވަންދެން ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހުރެއެވެ. އަދި ބަލިޖެހޭތާ ގިނަ ދުވަސްތަކަކަށްފަހު ހުންއައުމާއި ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ބަލިމީހާގެ ކިބައިން ފެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.