އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު-- ފޮޓޯ: ވޮއިސް
ހަބަރު
24 Dec 2023 | 14:27
ފުށިދިއްގަރުފަޅުން ބިން ދޫކުރަނީ ބޭނުންވީމަ އެބިން އަނބުރާ ލިބޭ ގޮތަށް: ފާތިމަތު

ފުށިދިއްގަރުފަޅުން ދޫކުރާ 70 ހެކްޓްރުގެ ބިން ދޫކުރަނީ އެބިން ދޫކުރާ 10 އަހަރުގެ މުއްދަތުގެ ތެރޭގައި ބޭނުންވީމައި އަނބުރާ ލިބޭ ގޮތަށް ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ފާތިމަތު ތައުފީގު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ ސަރުކާރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ބިން އަނބުރާ ހޯދުމަށް ދޭން ޖެހޭނީ މިހާރު އެއްބަސްވެފައި އޮންނަ ފިކްސްޑް ރޭޓް ކަމަށާއި އަނބުރާ ނަގާއިރު ބިމުގެ އަގު ބޮޑުވި ކަމުގައި ވިޔަސް އެދުވަހަކު އޮންނަ ބިމުގެ އަގެއް ދައްކަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"70 ހެކްޓަރު ދޫކޮށްލާއިރުވެސް މި ދޫކޮށްލަނީ އަޅުގަނޑުމެންނަށް 10 އަހަރު ތެރޭގައި ބޭނުންވީމަ އެބިން އަބުރާ ލިބޭ ގޮތަށް. އެހެންވީމަ އެޔަކުވެސް ނެތް އޮޅުވާލުމެއް. އަދި ފެންނަން މި އޮތީ މިހާރު ދޫކުރި 70 ހެކްޓަރު އަނބުރާ ނަގާއިރު ވެސް ނޫނީ މީގެ 10 އަހަރު ނޫނީ އަނބުރާ ނަގާއިރަކު އެބިމުގެ އަގު ބޮޑުވި ކަމުގައި ވިޔަސް އަޅުގަނޑުމެން ނުޖެހޭނެ އެދުވަހަކު އޮންނަ ލޭންޑް ވެލިއު އެއް ދައްކާކަށް. މިހާރު އެގްރީ ވެފަ އޮންނަ ފިކްސްޑް ރޭޓް އަޅުގަނޑުމެން ހަމަ ދޭން ޖެހޭނީ އަނބުރާ ހޯދަން. "

ފާތިމަތު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އޭނާ ވިދާޅުވީ 1150 ހެކްޓަރުގެ ބިމުން 70 ހެކްޓަރު ދޫކޮށްލަނީ ބިޒްނަސް މޮޑެލެއްގެ ގޮތުގައި މިހާރު ވެސް ރާއްޖޭގެ ރިސޯޓުތައް ދޫކުރެވޭ އުސޫލުން ކަމަށެވެ. އަދި ދޫކޮށްލަނީ ވެސް 10 އަހަރުތެރޭގައި ބޭނުންވީމަ އެބިން އަބުރާ ލިބޭ ގޮތަށް ކަމަށެވެ.

70 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދޫކޮށްލާއިރު ވެސް އޭގައި ސަރުކާރުގެ ކޮންޓްރޯލް އޮންނާނެ ކަމަށާއި އެ ހެކްޓަރުގައި ވެސް ދިވެހި ރާއްޖޭގެ ގާނޫނު ހިނގާނެކަމަށް ވެސް ފާތިމަތު ވިދާޅުވިއެވެ. އަދި އެތަން ތަރައްގީ ކުރަން ޖެހޭނީ މާސްޓަރ ޕްލޭނާ އެއްގޮތަށް އާބަންކޯ އާއި ކުންފުންޏާއި ދެމެދު ވެފައިވާ އެގްރީމެންޓާއި އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފާތިމަތު ވިދާޅުވީ 70 ހެކްޓަރުގެ ބިން ދޫކޮށްލައި ވިއްކާލިއްޔޭ ބުނުމުގެ ފުރުސަތެއް ނެތް ކަމަށާއި ބަޔަކު އަދި އޮޅުވާލިކަމުގައި ވިޔަސް އެ މައުލޫމާތަކީ ހާމައަށް ފެންނަށް ހުރި މައުލޫމާތު ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ހުޅުމާލޭއިންނާއި ރަސްމާލެ އިން ޖުމްލަ 70 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދޭގޮތަށް ކަމުގައި އެ މަސައްކަތް ކުރުމުގައި އިސްކޮށް އުޅޭ އާބަންކޯއިން ވަނީ ބުނެފައެވެ.

ފުށިދިއްގަރުފަޅު މަޝްރޫއަކީ މި ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އިއުލާނުކުރި އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން 1200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާ 11900 އަށްވުރެ ގިނަ ގޯއްޗާއި 26000 ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ޕްލޭނުގައި ހިމަނާފައެވެ.

މި މަޝްރޫއު މުޅިން ނިމޭއިރު، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.