ރައީސް ޑރ މުޙައްމަދު މުޢިއްޒު ކެބިނެޓް ބައްދަލުވުމަށް ވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Dec 2023 | 14:52
ދައުލަތުގެ ތެރެއިން މީޑިއާ ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މީޑިއާ ވިލެޖެއް ގާއިމް ކުރަނީ

ދައުލަތުގެ ތެރެއިން މީޑިއާ ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މީޑިއާ ވިލެޖެއް ގާއިމް ކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ކެބިނެޓުން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައިފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަކުވުމެއްގައި ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދު الله ނާޒިމް އިބްރާހިމެވެ.

އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި ކެބިނެޓާއި ރައީސް ޑރ މުޢިއްޒު މަޝްވަރާ ކުރައްވައި ނިންމެވި ކަންކަން ވިދާޅުވެ ދެއްވަމުން ނާޒިމް ވިދާޅުވީ މީޑިއާތަކަށް ދައުލަތުން އެހީވުމުގެ ދަށުން ހުށައެޅުނު ކަރުދާހުގައި މަޝްވަރާކޮށް ޚާއްސަކޮށް ދައުލަތުގެ ނިޒާމުގެ ތެރެއިން މީޑިއާތަކަށް ފައިސާ ހޯދަ ދިނުމާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި މި މަޝްވަރާ ތަކުގެ ދަށުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ނިންމުނު އެންމެ މުހިންމު ނިންމުމަކީ މީޑިއާ ވިލެޖެއް އެކުލަވައިލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމާއިބެހޭ މުއައްސަސާތަކާއި ގުޅިގެން ކުރިއަށްގެންދިޔުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

“މީގެ އިތުުރުން ތަފްސީލުކޮށް ދައުލަތުގެ ބަޖެޓުން ވަކި އިންސައިތަ އެއް މީޑިއާތަކަށް ދިނުމަށްޓަަކައި ވާންޖެހޭ ތައްޔާރީތައް ކަމާއި ބެހޭ މިނިސްޓްރީ ތަކުން ކުރިއަށް ގެންދިޔުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ނިންމަވާފައި” 

ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުالله ނާޒިމް އިބްރާހިމް

މިކަންކަމުގެ އިތުރުންވެސް މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމެވި މުހިންމު ކަންކަން ނާޒިމް ވަނީ ޚިއްސާ ކުރައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.