އައު ސީޕީ ޝުޖާޢު-- ފޮޓޯ/ ޝުޖާޢު
ހަބަރު
26 Dec 2023 | 13:24
ފުލުހުންގެ އެގްޒެކްޓިވް މެނޭޖްމަންޓް ބޯޑު ރީ-ސްޓްރަކްޗަރ ކުރައްވަން ސީޕީ ނިންމަވައިފި!

ފުލުހުންގެ އެގްޒެކްޓިވް މެނޭޖްމަންޓް ރީ ސްޓްރަކްޗަރ ކުރައްވައި، އެ ބޯޑުގައި ރީޖަނަލް ކޮމާންޑަރުން ހިމަނުއްވަން، ފުލުހުންގެ ކޮމިޝަނަރގެ މަގާމާއި އިއްޔެ ހަވާލުވެވަޑައިގެންނެވި ޢަލީ ޝުޖާޢު ނިންމަވައިފިއެވެ. 

މިކަން އިޢުލާން ކުރައްވާފައިވަނީ ސީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުންނެވެ.

މި ނިންމުމާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް މިހާތަނަށް ކޮމިޝަނަރު ހިއްސާކުރައްވާފަ އެއް ނުވެ އެވެ.

އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 61 ވަނަ މާއްދާގައި ވާގޮތުން، ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރާނެ ގޮތުގެ ޕްލޭންތައް އެކުލަވާލުމާއި ކޮމިޝަނަރަށް ލަފާ ބޭނުންވާ ކަންކަމުގައި ކޮމިޝަނަރަށް ލަފާ ދިނުމަށް ޕޮލިސް ކޮމިޝަނަރު އެކުލަވާލާ ބޯޑެކެވެ.

އެ މާއްދާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން ބޯޑުގައި ހިމެނޭ މެންބަރުންގެ ނަންތައް އާންމުކޮށް އިއުލާނުކުރާނީ ކޮމިޝަނަރެވެ. އަދި ބޯޑު ހިންގުމުގެ ގަވާއިދު އެކުލަވާލާނީވެސް ކޮމިޝަނަރެވެ.

ގާނޫނުގެ 62 ވަނަ މާއްދާގައި ވާގޮތުން، އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގައި ތިއްބަވާނީ:

ކޮމިޝަނާ އޮފް ޕޮލިސް

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް

ކޮމާންޑް އަދި ޑައިރެކްޓަރޭޓް ދަރަޖައިގައި ކަނޑައަޅާފައިވާ ބަހާތަކުގެ ވެރިން

އެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ޕޮލިސް ކޮމިޝަނަރު ނުވަތަ އޭނާ ކަނޑައަޅާ ފަރާތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.