ހެލްތް މިނިސްޓަރ ޑރ ޢަބްދުﷲ ޙަލީލް ބޯންމެރޯ ހައްދަން ފުރާ ދެ ޕޭޝެންޓުންނާއި ބައްދަލު ކުރެއްވުން. ފޮޓޯ: ހެލްތް މިނިސްޓްރީ
ހަބަރު
26 Dec 2023 | 13:14
ތެލެސީމިޔާ ބަލީގެ އިތުރު ދެ ޕޭޝެންޓަކު ބޯންމެރޯ ހެއްދުމަށް ފުރުވާލަނީ

ސަރުކާރު ޚަރަދުގައި ބޯން މެރޯ ހެއްދުމަށް ތެލެސީމިޔާ ބަލީގެ ދެޕޭޝެންޓަކު ފޮނުވުމަށް ހަމަޖެހިއްޖެއެވެ.

ސަރުކާރުގެ ޚަރަދުގައި ބޯން މެރޯ ހެއްދުމަށް ދިޔުމަށް ހަމަޖެހިފައިވާ ދެޕޭޝެންޓުންގެ އާއިލާއާއި ހެލްތް މިނިސްޓަރ ޑރ ޢަބްދުالله ޙަލީލް އިއްޔެ ވަނީ ބައްދަލުކުރައްވައިިފައެވެ.

ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ މިދެޕޭޝަންޓުން ފުރަން ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

ތެލެސީމިއާ ޕޭޝަންޓުންނަށް ފަރުވާދިނުމާއި އަދި ތެލެސީމިއާ ކޮންޓްރޯލްކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި 14 ޑިސެމްބަރު 2023 ގައި ވެސް އެއް ޕޭޝަންޓަކު ވަނީ ފޮނުވާލެވިފައި ކަމަށްވެސް ހެލްތް މިނިސްޓްރީ އިން ބުނެފައިވެއެވެ.

ތެލެސީމިޔާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދްމަތްތައް ފުޅާކޮށް ހަރުދަނާ ކުރުމުގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެގޮތް ފަހި ކުރުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ގެ މެނިފެސްޓޯގައި ހިމެނޭކަމެކެވެ.

މާލޭ ސަރަހައްދުގައި ތެލެސީމިޔާ ހޮސްޕިޓަލެއް ގާއިމުކޮށް، ތެލެސީމިޔާ ޕޭޝަންޓުން ހިލޭ ބޯން މެރޯ ހަދައިދޭން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

ތެލަސީމިއާ ޕޭޝަންޓުން ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ އިންތިޒާމު އެސްޓީއޯ މެދުވެރިކޮށާއި އާސަންދައިގެ ތެރެއިން ހަމަޖައްސާފައިވެ އެވެ.

ރާއްޖޭގައި ތެލަސީމިއާ ބަލީގެ 650 ޕޭޝަންޓަކު މިހާރުވެސް ފަރުވާ ހޯދަމުންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ