ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް -- ފޮޓޯ/ރައީސް އޮފީސް
ހަބަރު
28 Dec 2023 | 15:43
ނައިބް ރައީސް ރާއްޖެއިން ބޭރަށް ކުރެއްވި ދެ ދަތުރަށް އަރަނީ 3.1 މިލިއަން ރުފިޔާ!

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ޑިސެންބަރު 4 އިން 14 އަށް ރާއްޖެއިން ބޭރަށް ކުރެއްވި ދެ ދަތުރުފުޅުގެ ޚަރަދު ތަކުގެ ތަފްސީލް ރައީސް އޮފީހުން ހާމަކޮށްފިއެވެ. 

މި ދެ ދަތުރުފުޅަކީ އެމަނިކުފާނު “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، “ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް” އަށް 75 އަހަރު ފުރުމުގެ މުނާސަބަތު “ހިއުމަން ރައިޓްސް 75” ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެވެ. 

ދެ ދަތުރުފުޅަށް ހޭދަވި ޚަރަދުގެ ތަފްސީލް ހާމަކޮށް ރައީސް އޮފީހުން މީޑިއާ ތަކަށް ފޮނުވި މަޢުލޫމާތުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޗައިނާ އަދި ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 3،189،544.58 (ތިން މިލިއަން ސަތޭކަ އައްޑިހަ ނުވަހާސް ފައްސަތޭކަ ސާޅީސް ހަތަރު ރުފިޔާ ފަންސާސްއަށްލާރި އެވެ.

ވަކި ވަކި ޚަރަދަށް ބަލާލާއިރު، އެ ދެ ދަތުރުފުޅުގެ ޓިކެޓްތަކުގެ ޖުމްލަ ޚަރަދަކީ 2،413،029.54 (ދެ މިލިއަން ހަތަރުސްތޭކަ ތޭރަ ހާސް އޮނަތިރީސް ރުފިޔާ ފަންސާސް ހަތަރު ލާރި) އެވެ. އެއީ ނާއިބު ރައީސް އާއި އަރިހުގައި ވަޑައިގެންނެވި 16 ފަރާތުގެ ޓިކެޓްގެ އަގެވެ. އެތަނުން ފަސްޓް ކުލާހުގައި ދަތުރު ކުރެއްވީ ނާއިބު ރައީސް އެކަންޏެވެ. ދެން ތިއްބެވި 4 ބޭފުޅުން ބިޒްނަސް ކްލާސްގައި ދަތުރު ކުރެއްވި އިރު، ބާކީ 12 ބޭފުޅުން ކުރެއްވީ އިކޮނޮމީ ކްލާސް ގައެވެ. 

ރައީސް އޮފީހުން ބުނިގޮތުގައި، ނާއިބު ރައީސް ފަސްޓް ކްލާހުގައި ދަތުރު ކުރެއްވީ ބިޒްނަސް ކްލާހުން ޓިކެޓް ލިބިވަޑައިނުގެންނެވުމުންނެވެ. 

މީގެ އިތުރުން އެ އޮފީހުން އާއްމު ކުރި މައުލޫތުން އެނގޭ ގޮތުން ނާއިބު ރައީސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 180،735.90 (އެއްލައްކަ އައްޑިހަ ހާސް ހަތްސަތޭކަ ތިރީސް ފަސް ރުފިޔާ ނުވަދިހަ ލާރި) އެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 595،779.14 (ފައްސަތޭކަ ނުވަދިހަ ފަސްހާސް ހަތްސަތޭކަ ހަތްދިހަނުވަ ރުފިޔާ ސާދަ ލާރި) އެވެ.

ޗައިނާ ދަތުރުފުޅުގައި ވަފުދުގެ ބޭފުޅުންނަށް ހުރުމާއި، ފަރިއްކޮޅާއި، އެތެރޭގެ ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސަވައިދެއްވާފައި ވަނީ ޗައިނާގެ ސަރުކާރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެގޮތުގެ މަތިން މިހާތަނަށް ކުރެވުނު ހުރިހާ ދަތުރެއްގެ ވެސް ތަފްސީލް ވަނީ ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.