ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް
ހަބަރު
28 Dec 2023 | 16:40
އެފްއޭއެމް އިންތިހާބުގެ މަސައްކަތް ހުއްޓާލުމަށް ސްޕޯޓްސް ކޮމިޝަނުން އަންގައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް، ސްޕޯޓްސް ކޮމިޝަނުން މިއަދު އެއިދާރާ އަށް އަންގައިފި އެވެ.

2024 ވަނަ އަހަރުގެ ޖެނުއަރީ 31 ގައި ބާއްވަން ތައްޔާރު ވަމުންއަންނަ އިންތިހާބު ފަސް ކުރަން ސްޕޯޓްސް ކޮމިޝަނަރު އެންގެވީ ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން، ކަމަށް ސްޕޯޓްސް ކޮމިޝަނާ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ހަމަވާން ހަ މަސް ދުވަސް ބާކީ އޮއްވައި، އިންތިހާބު 45 ދުވަހުގެ ތެރޭގައި ބާއްވަން އެގްޒެކެޓިވް ކޮމިޓީން ނިންމި އިރު، އެ ކޮމިޓީގެ ގާނޫނީ ސައްހަކަން ގެއްލިފައިވާ ކަމަށެވެ.

މީގެއިތުރުން ކޮމިޝަނާގެ ބަޔާނުގައި ބުނެފައިވާ ގޮތުން، އެފްއޭއެމްގެ އެކްސްކޯގެ މެންބަރުކަމުގެ ތެރެއިިން ދާދިފަހުން އިސްތިއުފާ ދިން ތިން މެންބަރުން އިސްތިއުފާ ދިން ތާރީޚާއި އެފްއޭއެމްގެ އިންތިހާބު އިއުލާން ކުރި ތާރީޚާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ. އަދި އެފްއޭއެމްގެ ފަސް މެންބަރުން އިސްތިއުފާ ދީފައި ވުމުން، އިންތިހާބު އިއުލާން ކުރި ތާރީހުގައި ވެސް ބައްސާމްގެ އެގްޒެކެޓިވް ކޮމިޓީގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާކަން މި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މިމަހު އެފްއޭއެމް އެކްސްކޯ އިން އިސްތިއުފާ ދިން، ޓީސީގެ އަހްމަދު ނަޝީދު (ޓީސީ ޑޭވް) އާއި މުހައްމަދު ޝަފީއު އަދި އެކްސްކޯގެ އަންހެން މެންބަރު އާމިނަތު ޝާނީޒު އިސްތިއުފާ ދީފައިވާ ސިޓީގައި ވާގޮތުން، އެ ތިން މެންބަރުން އިސްތިއުފާ ދީފައި ވަނީ މި މަހު 15 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށް ކޮމިޝަނާގެ ބަޔާނުގައި ވެ އެވެ.

އަދި އޭގެ ކުރިން އިސްތިއުފާ ދިން، މުާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު އިސްތިއުފާ ދީފައި ވަނީ 16 ސެޕްޓެމްބަރު އަދި އޮކްޓޯބަރު ފަހެއްގައިކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އެކަމަކު ޝާފިއު އާއި މުއާވިޔަތު އިސްތިއުފާ ދިން ފަހުން، އެފްއޭއެމްގެ ޑެޕިޔުޓީ ޖެނަރަލް ސެކްރެޓަރީ އަބްދުالله ޝިބާއު އެގްޒެކެޓިވް ކޮމިޓީ އަށް އައްޔަން ކުރުމަށް، އެ ކޮމިޓީން ނިންމިކަން އެފްއޭއެމުގެ ރައީސް ބައްސާމް ވަނީ އިއުލާން ކޮށްފަ އެވެ.

އިންތިހާބު 45 ދުވަހުގެ ތެރޭގައި ބާއްވަން، އެ އެސޯސިއޭޝަނުގެ އެކްސްކޯ އިން ނިންމާފައިވާކަން، މި މަހު 17 ވަނަ ދުވަހު އެފްއޭއެމުން ވަނީ އިއުލާންކޮށްފަ އެވެ. އެ ނިންމުމާ ގުޅޭ ގޮތުން ފަސް ކަމެއްގެ ތަފުސީލު ހޯދަން ސްޕޯޓްސް ކޮމިޝަނާ އެދުމުން ވެސް އެ މައުލޫމާތު އެފްއޭއެމުން ދީފައި ނުވާކަން ވެސް، އިންތިހާބުގެ މަސައްކަތް ހުއްޓާލުމަށް ސްޕޯޓްސް ކޮމިޝަނާ އަމުރު ކުރި އެންގުމުގައި ވެއެވެ.

އެކަންކަން ފާހަގަކޮށް، ސްޕޯޓްސް ކޮމިޝަނާގެ ބަޔާނުގައި ބުނެފައިވަނީ، އެ އެސޯސިއޭޝަންގެ ކަންތައްތައް އިތުރަށް ކުރިއަށް ގެންދިއުމަށް، ފީފާ އާއި އޭއެފްސީ އަދި އޮލިމްޕިކް ކޮމިޓީއާ އެކު އިތުރަށް މަޝްވަރާކޮށް ގޮތެއް ނިމެންދެން އިންތިހާބުގެ ކަންކަން ހުއްޓާލުމަށް ސްޕޯޓްސް ކޮމިޝަނާ އަންގާފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.