މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބު ވާހަކަ ދައްކަވަނީ--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 Dec 2023 | 18:07
ރައީސް މުޢިއްޒު، ޔާމީނާއި ބައްދަލު ނުކުރައްވަނީ އެއީ ޤާނޫނީ ގޮތުން ރަނގަޅުކަމެއް ނޫންވީމާ: ޝަހީބު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް ޔާމީނާއި ބައްދަލު ނުކުރައްވަނީ، އެމަނިކުފާނަކީ ޝަރުޢީ ބަންދެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އެއީ، ގާނޫނީ ގޮތުން ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއެއް ވަނީ، ސިޔާސީ އެހެން ޕާޓީތަކުގެ ލީޑަރުންނާއި ކުރީގެ ރައީސުންނާ، ރައީސް މުޢިއްޒު، ބައްދަލު ކުރައްވާއިރު، ރައީސް ޔާމީނާއި ބައްދަލު ނުކުރައްވާ ސަބަބާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީބު ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވީ ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ކަމަށެވެ. އެހެންކަމުން، އެކަން އެހެން އޮއްވާ، ރައީސް މުޢިއްޒު ޔާމީނާއި ބައްދަލު ކުރެއްވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ސިޔާސީ އެއްވެސް ހަރާކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ޝަރުޠުކުރައްވާފައިވާ ރައީސް ޔާމީނު ގެއަށް ބަދަލުކުރައްވައި ލުއިދެއްވީވެސް. އެހެންވީމާ އެކަންތައް އެހެން އޮއްވައި، ރައީސް ޔާމީނާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލު ކުރައްވައި ނުވަތަ މަޝްވަރާކުރައްވައި، ނުވަތަ ފޯނުންވެސް އެކަހަލަ ކަމެއް ކުރެއްވުމަކީ، ޤާނޫނީ ގޮތުން ރަނގަޅުކަމެއްގެ ގޮތުގައި ދެކެވަޑައެއް ނުގަންނަވާ." 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު

ޝަހީބު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު، ރައީސް ޔާމީނާ ބައްދަލު ކުރައްވާނީ އިތުރު ލުއިތަކެއް ލިބި އެކަމަށް ޖާގަ އޮތް މިންވަރަކުންނެވެ.

މީގެ އިތުރުން، ރައީސް ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލުކުރެއްވިތޯ ސުވާލުކުރެއްވުމުން ޝަހީބު ވިދާޅުވީ، އެފަދަ ބައްދަލުވުމެއް ކުރިއަށް ދިޔަކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.