މާލިއްޔަތާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު. ފޮޓޯ: ވޮއިސް
ހަބަރު
30 Dec 2023 | 12:37
ހަފްތާ 14 ތަފާތު، މީގެ ކުރީގެ އެއްއަހަރާއި ނުބައްދަލު: ވަޒީރު ސަޢީދު

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ހަފްތާ 14 ތަފާތު ކަމަށާއި މީގެ ކުރީގެ އެއްއަހަރާއި ނުބައްދަލު ކަމަށް މާލިއްޔަތާއި ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެއްވެ.

ވަޒީރުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ﷲގެ ތަނަވަސް ވާގިފުޅާއިއެކު ރައީސް ޑރ މުޢިއްޒުގެ ފުރަތަމަ އަހަރުވެސް ވެގެންދާނީ ރާއްޖޭގެތާރީޚުގައި އިޤްތިޞާދީ ތަފާތުފެނިގެންދާ އަހަރަކަށް ކަމަށެވެ.

“ރާއްޖެ މުޅިން އައު ހަރުފަތަކަށް ދިއުމަށް ސިނާއީ ބިންގާއެޅި ނަތީޖާފެންނަމުންދާ އަހަރަކަށް، ހަފްތާ 14 ވެސް ތަފާތު، އަދި މީގެކުރީގެ އެއްއަހަރާއި ނުބައްދަލު” 

ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ރައީސް ޑރ މުޢިއްޒުގެ ސަރުކާރުން ހަފްތާ 14 ގައި ފުއްދުމަށް 172 ވަޢުދެއް ވެ ވަޑައިގެން ވަނީ އިޢްލާނުކޮށްފައެވެ.

އޭގެ ތެރެއިން ފުރަތަމަ ހަތަރު ހަފްތާގައި ކުރަން އަމާޒުހިފި ހުރިހާ ކަމެއް މިހާރު ވަނީ ހާސިލް ކޮށް ނިމިފައިކަން ފާހަގަ ކޮށްލަންޖެހެއެވެ.

ފުރަތަމަ ހަތަރު ހަފުތާގައި  ޖުމުލަ 17 ކަމެއް ހާސިލް ކޮށްފައިވާއިރު އޭގެ ތެރޭގައި ރާއްޖޭގައި ތިބި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ފޮރ ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހައިޑްރޯގްރަފީ ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ" އެއްބަސްވުން އައު ނުކުރުމަށް ނިންމުންވެސް ހިމެނެއެވެ.

އަދި ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ކުދިންނަށް މިހާރު ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުން ވެސް ހިމެނެއެވެ.

ހަމަމިއާއި އެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއު އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ނިންމަވާފައިވާ ނިންމެވުންފަދަ ކަންކަން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ