އަލް ޢަސްރުން ކުރިއަށް ގެންދާ ނަމާދު ވޯކްޝޮޕްގެ ޕޯސްޓަރ. ފޮޓޯ: ޢަސްރު
ހަބަރު
31 Dec 2023 | 08:50
އަލް ޢަސްރު އިން “ކޫލްނަސް އޮފް ދަ އައިސް” ގެ ނަމުގައި ނަމާދު ވޯކްޝޮޕެއް ބާއްވަނީ

އަލް ޢަސްރު ޖަމިއްޔާއިން “ކޫލްނަސް އޮފް ދަ އައިސް” ގެ ނަމުގައި ނަމާދު ވޯކްޝޮޕެއް ބޭއްވުމަސް ހަމަޖެހިއްޖެއެވެ.

އަލް ޢަސްރުގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން "ކޫލްނަސް އޮފް ދަ އައިޒް" ގެ ނަމުގައި ބާއްވާ ނަމާދު ވޯރކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ހަފްތާ ބަންދުގައެވެ.މި ވޯރކްޝޮޕަކީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިހް އާދަމް ޝަމީމް ކިޔަވާ ދެއްވާ ވޯރކްޝޮޕެއް ކަމަށާއި ވޯރކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު ހޯލް ގައި ކަމަށް އަލް ޢަސްރު ޖަމިއްޔާ އިން ބުނެފައިވެއެވެ.

އަލް ޢަސްރުގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި "ކޫލްނަސް އޮފް ދަ އައިސް" ނުވަތަ ލޯތަކުގެ ފިނިކަން ހާއްސަކުރެވިފައިވަނީ ރަމަޟާން މަސް ފެށުމުގެ ކުރިން ނަމާދުގެ ފިޤުހު ހަނދާންކޮށް އާލާ ކުރުމަށާއި ނަމާދާމެދު ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ފުރުސަތު އާންމުންނަށް މަގުފަހި ކޮޮށްދިނުމަށެވެ.

މި ވޯރކްޝޮޕްގައި ކިޔަވައި ދެއްވާނީ:-

■ ނަމާދުގެ މަޤާމް

■ ޠަހާރަތު

■ ވުޟޫ

■ ނަމާދު ތަކްބީރުން ފެށިގެން ސަލާމް ދިނުމާ ދެމެދުގައިވާ ހުރިހާ ޛިކުރުތަކާއި ހަރަކާތްތައް

■ ނަމާދުގައި ހެދޭ ގޯސްތައް

އަލް ޢަސްރުން ބުނެފައިވަނީ މި ވޯރކްޝޮޕްގައި ބައިވެރިވުމަށް ބޭނުންފުޅުވާނަމަ ފުރިހަމަ ނަން،އައިޑީ ކާރޑް ނަންބަރު އަދި ފޯން ނަންބަރ ޖެއްސެވުމަށްފަހު އެބޭފުޅުންގެ ހޮޓްލައިން 7925277 އަށް އެސް އެމް އެސް ކޮށްލެއްވުމުން ވޯރކްޝޮޕަށް ރެޖިސްޓްރީ ވެގެންދާނެ ކަމަށެވެ.

ވޯކްޝޮޕްގައި ބައިވެރިވުމަށް ކަނޑައަޅައިފައިވާ ފީގެ އަގަކީ -/350 ރުފިޔާ ކަމަށް އަލް ޢަސްރުން ފާހަގަކުރެއްވިއެވެ.މި ވޯޖްޝޮޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 2024 ގެ 4 އަދި 5 ވާ ބުރާސްފަތި އަދި ހުކުރު މިދެދުވަހުއެވެ.

ސެޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ޖެނުއަރީ ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30ން 22:30 އަށެވެ. އަދި 5 ޖެނުއަރީ ވާ ހުކުުރު ދުވަހު ހަވީރު 16:00ން 17:30 އަށާއި ހަމަ އެރޭ 20:00ން 22:00 އަށެވެ. 

މި ވޯކްޝޮޕްގެ މީޑިއާ ޕާޓްނަރ އަކީ "ވޮއިސް" އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.