އަލްއުސްތާޒާ ޢާއިޝަތު ޢާޒިމާ ޝަކޫރު. ފޮޓޯ: އާޒިމާ ކެންޕެއިން ޓީމް
ހަބަރު
31 Dec 2023 | 09:14
ފުރަތަމަ 100 ދުވަސް ތެރޭ ޓްރެފިކް މައްސަލަ ހައްލުކުރަން މާސްޓަރޕްލޭން ތައްޔާރުކުރާނަން: ޢާޒިމާ

މާލޭގެ މޭޔަރު ކަމަށް އައްޔަނު ވުމުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް މާސްޓަރޕްލޭން އެއް ތައްޔާރު ކޮށްދެެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭ މޭޔަރު ކަަމަށް ވާދަކުރައްވާ އަލްއުސްތާޒާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ޢާޒިމާ މިހެން ވިދާޅުވީ ސަންގު ޓީވީން ރޭ ކުރިއަށް ގެންދިޔަ ސަންގު ބަހުސް ގައި ވާހަކަ ދައްކަވަމުންނެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމާއި ގުޅޭ ގޮތުން ހުށައެޅުނު ސުވާލަށް ޖަވާބު ދެއްވަމުން ޢާޒިމާ ވިދާޅުވީ މާލޭގެ ޓްރެފިކްގެ މައްސަލަތައް ހައްލުކުރުމަށް އެންމެ ފުރަތަމަ އެމައްސަލަތައް ދިމާވާ ސަބަބު ދެނެގަންނަން ޖެހޭ ކަމަށެވެ.

ޢާޒިމާ ވިދާޅުވީ މާލެގައި އޮތީ ހަމައެކަނި ޓްރެފިކްގެ މައްސަލަތައް އެކަނި ނޫން ކަމަށާއި މާލޭގައި މިހާރު އޮތީ “ޓޯޓަލް ގަވަރނެންސް ފެއިލިއަރ” ކަމަށެވެ.

ޢާޒިމާގެ ވާހަކައިގައި މާލޭގެ ޓްރެފިކް މައްސަލަތައް މިހާބޮޑުވެގެންދާ ސަބަބުތަކަށް ބައްލަވައިލައްވައި ވާހަކަފުޅު ދައްކަވައިފައިވެއެވެ.

އެގޮތުން ޢާޒިމާ ވިދާޅުވީ ފުލުހުން މިހާރު ބުނަމުންގެންދަނީ އެބޭފުޅުން މިހާރު ވެހިކަލްއެއް ޓޯ ނުކޮށްވޭތޯ ބައްލަވާ ކަމަށެވެ. އޭގެ މާނައަކީ ޓޯޔާޑުގަ ޖާގައެއް ނެތް ކަން ކަމަށާއި، ކިތަންމެވަރަކަށް ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައި އޮތަސް ޓޯޔާޑަކަށް ނުނެގޭނެ ކަން ކަމަށް ޢާޒިމާ ވިދާޅުވިއެވެ.

މީގެއިތުރުން ޓޯޔާޑް މިހާރު ބޭނުން މިކުރަނީ ވެހިކަލް ތައް ރާއްޖެއިން ބޭރުން ގެނެސްގެން ވިއްކެން ދެން ބާއްވާތަނެއްގެ ގޮތުގައި ކަމަށާއި، ތިންމަސް ދުވަސް ވަންދެން ހިލޭ އެތާންގަ ވެހިކަލް ބޭއްވޭ ކަމަށެވެ. އަދި މަގުމަތީ ވެހިކަލް ބާއްވާފަ ވިއްކެން ދެން އެބޭނުން ކުރެވޭ ކަން ވެސް ޢާޒިމާ ފާހަަގަ ކުރެއްވެވިއެވެ.

ޢާޒިމާ ވިދާޅުވީ މާލޭގެ ޓްރެފިކްގެ މައްސަލަ ބޮޑުވާ އެއްމައްސަލަ އަކީ އެއީ ކަމަށެވެ.

“އަނެއް މައްސަލައަކަށް މާލޭގެ މަގުތަކުގައި ވެހިކަލްތައް މިހާބޮޑަށް ތޮއްޖެހިގެން ދާއިރުގަ އެއްކަމަކީ ޓްރެފިކް ޤާނޫނުގައި އޮތް ގޮތައް މާލޭގައި ބޭނުންކުރާ ވެހިކަލްތަކާާއެއްވަރަށް ކެޕޭސިޓީ ނެތުން، ޤާނޫނުަ ކަނޑައެޅިގެން އެބައޮތް ކެޕޭސިޓީ ކަނޑައަޅަން ޖެހެނޭ މާލޭގަ ވެހިކަލް ބޭނުންކުރެވޭނެ ޢަދަދު ކަނޑައަޅެންޖެހޭނޭ” 

ޢާއިޝަތު ޢާޒިމާ ޝަކޫރު

ޤަވާއިދުގައި ފަސް އަހަރުވެފައޮތް އުޅަނދެއް ރާއްޖެއަކަށް އެތެރެ ނުކުރެވޭނެ ކަމަށް އޮތް ކަމަށާއި، މިދިޔަ ސަރުކާރުން ކަންކުރަމުން އައީ އެއާ ޚިލާފަށް ކަމަށް ޢާޒިމާ ވިދާޅުވިއެވެ.

އެގޮތުން ޓްރާންސްޕޯރޓް މިނިސްޓްރީގެ ހުއްދަ އާއެކު ދުވާލެއްގެ މައްޗަށް 200 ވެހިކަލް ވެސް މާލޭގައި ރެޖިސްޓަރ ކޮށްދީފައި ވާކަމަށް އޭނާ ވިދާޅުވި އެވެ.

“އެހެންވީމަ ޓޯޓަލް ގަވަރނެންސް ފެއިލިއަރ އެއް މިއޮތީ، އޭގެ ތެރެއިން މާލޭގެ މައްސަލަތައް ޓްރެފިކްގެ މައްސަލަތައް ކިތަންމެ ވަރަކަށް ހައްލު ކުރަން އުޅުނަސް ޕެޑެސްޓްރިއަން ފްރެންޑްލީ މަގުތަކެއް ނެތިއެއް މާލޭގެ ޓްރެފިކްގެ މައްސަލަތައް ހައްލެއް ނުވާނެ” 

ޢާއިޝަތު ޢާޒިމާ ޝަކޫރު

ދަރިން ގޮވައިގެން ރައްކާތެރިކަމާއި އެކު ސްކޫލަށް ގެންދެވޭނެ މަގުތަކެއް ގާއިމް ކޮށްދޭން ޖެހޭ ކަމަށް ޢާޒިމާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ސީރިއަސް ރަނގަޅު މާސްޓަރ ޕްލޭނެއް އަންނަންޖެހޭނެ، އިރާދަކުރެއްވިއްޔާ މާލޭގެ ޓްރެފިކް މައްސަލައަށް މާސްޓަރ ޕްލޭނެއް އަޅުގަނޑުގެ 100 ދުވަހުގެ ތެރޭގައި ތަޢާރަފްކޮށްދޭނަން” ޢާޒިމާ ވިދާޅުވިއެވެ.

ސަންގު ބަހުސް ގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޢާޒިމާ ޝަކޫރުގެ އިތުރުން ޑިމޮކްރެޓްސްގެ ސައިފް ފާތިޙާއި ޕީއެންފެގެ ހުސެއިން ވަހީދު އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ޝުޢައިބް ޢަލީ ވެސް ބައިވެރިވެ ވަޑައިގަތެވެ. ބަހުސްގައި ބައިވެރިވެވަޑައިގެންފައި ނުވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޢާޒިމް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ