އެއާ ކްރާފްޓެއް-- ފޮޓޯ/މޯލްޑިވިއަން
ހަބަރު
31 Dec 2023 | 11:38
ބޭރު ދަތުރުތައް ފުޅާކުރުމަށް ވައިޑް-ބޮޑީ އެއާކްރާފްޓެއް ހޯދަން އިއުލާނުކޮށްފި!

ގައުމީ އެއާލައިން، މޯލްޑިވިއަންއިން ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް ފުޅާކޮށް އިތުރުކުރުމަށްޓަކައި ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަން ހިންގަމުންދާ އައިލެންޑް އޭވިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، އެ އެއާލައިނުން ހޯދަނީ، އެއާބަސް އޭ-330-220 މަރުކާގެ މަތިންދާބޯޓެއް ޑްރައި ލީސް އުސޫލުންނެވެ.

އަދި އެއީ މޯލްޑިވިއަންއިން ރާއްޖެއިން ބޭރުގެ މަންޒިލުތަކަށް ކުރާ ސީދާ ދަތުރުތައް އިރުކުރަން ހޯދާ މަތިންދާބޯޓެއް ކަމަށާ، ޑްރައި ލީސްގެ އުސޫލުން ނަގާ މަތިންދާބޯޓު މަރާމާތުކުރުމާއި ތެޔޮ އެޅުމާއި ފަޅުވެރިން ހަމަޖެއްސުން ފަދަ މަތިންދާބޯޓު އޮޕަރޭޓުކުރުމުގައި ކުރަންޖެހޭ ހުރިހާ ޚަރަދެއް ހަމަޖައްސާނީ އެ އުޅަނދު ކުއްޔަށް ނަގާ ފަރާތް، އައިލެންޑް އޭވިއޭޝަނުން ކަމަށް އިއުލާނުގައިވެއެވެ.

އެހެންކަމުން، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު 2024 ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00 ޖެހުމާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށް އިއުލާނުގައިވެއެވެ.

އަދި ބީލަން ކާމިޔާބު ކުރާ ފަރާތަކުން ލަސްވެގެން އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި އެ މަތިންދާބޯޓު ފޯރުކޮށްދޭންޖެހޭނެ ކަމަށްވެސް ވެއެވެ.

ވައިޑް-ބޮޑީ އެއާ ކުރާފްޓު ގެނެސް ޤައުމީ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެއީ ހަފްތާ 14 ގެ މަގު ޗާޓުގައިވެސް ވާ ކަމެކެވެ.

އެ ވައުދުފުޅާ އެއްގޮތަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން މޯލްޑިވިއަންއަށް ހަމަޖައްސައިދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސްވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.