ހިޔާ ފުލެޓް ތައް--
ހަބަރު
31 Dec 2023 | 17:27
ސޯޝަލް ހައުސިންގެ ޖޫރިމަނާތައް މާފްކޮށްފި

ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން މިއަދާއި ހަމައަށް އަރާފައިވާ ޖޫރިމަނާތައް ދިވެހި ސަރުކާރުން މިއަދު މާފްކޮށްދީފިއެވެ.

މިކަމާއި ގުޅިގެން އާބަންކޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޖޫރިމަނާ މާފް ކުރުމާ އެކީގައި ފްލެޓަށް ބާކީ ނުދެއްކި ހުރި ފައިސާގެ އަދަދު ބަހާލައިގެން ދެއްކޭނެ ނިޒާމެއް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެއްބަސްވުމަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަންވެސޑ އާބަންކޯ އިން ބުންޏެވެ.

"މިއާއެކު، ފައިސާ ދިނުން ލަސްވެގެން އަރާ ޖޫރިމަނާއަކީ ކޮންމެ މަހަކު ދައްކަން ޖެހޭ އަދަދުގެ %1 ކަމުގައި ކަނޑައެޅިގެންދާނެއެވެ، ވީމާ ދުވަހުން ދުވަހަށް ޖޫރިމަނާގެ އަދަދު އިތުރު ނުވެ، ޖޫރިމަނާ އަރާ އަދަދު ދުރާލާ ދެ ފަރާތަށް ވެސް އެނގިގެންދާނެއެވެ." އާބަންކޯ އިން ބުންޏެވެ.

އާބަންކޯއިން އިތުރަށް ބުނީ ޖޫރިމަނާ އަށް ކުރިން އަހަރަކަށް %18 ދައްކަން ޖެހޭ އިރު، މި ބަދަލާ އެކު މަހަކު ނެގޭ %1 ޖޫރިމަނާ ސަދަގާތް ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުމުން ބަދަލު ކުރުމަށް ނުވަތަ ދައްކަން ޖެހި ނުދެއްކިވާ ފައިސާ ބަހާލައިގެން ދެއްކުމަށް އެދޭ މީހުން އަންނަ މަހުގެ 10 ގެ ކުރިން މިކަމަށް އެދޭ ފޯމް ފުރިހަމަކޮށް އެ ކޯޕަރޭޝަންގެ އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އާބަންކޯ އިން އެދެއެވެ.

"މި ކޯޕަރޭޝަންއަކީ އަބަދުވެސް ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތްކޮށް ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ،" އާބަންކޯގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުލި ނުދެއްކިގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދެއްވާނެ ކަމަށް މި މަހުގެ ކުރީކޮޅުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން މިއަދާ ހަމައަށް އަރާފައިވާ ޖޫރިމަނާ ފައިސާ މާފްކޮށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ވަނީ ހިމަނައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.