ލަބީޤު
ހަބަރު
03 Jan 2024 | 10:06
ލަބީޤް މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރުކަމަށް ވާދަކުރަނީ!

ނިމިދިޔަ ސަރުކާރުގައި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ލަބީގު މުހައްމަދު މާހިދު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު މެދު ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައިފިއެވެ.

ލަބީޤް 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށް ހުށަހަޅާފައިވާ ވަޢުދުނާމާ ފޮތުގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި މާލެ ސިޓީގެ މާސްޓަރ ޕްލޭން މާލެ ސިޓީގެ ކައުންސިލުން ތައްޔާރު ކުރުވައި ޢަމަލު ކުރުމަށް ލާޒިމުކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ. 

އަދި ރައްޔިތުންގެ އަސާސީ ޚިދުމަތްތައް، ބޯހިޔާވަހިކަން، ފެނާއި ކަރަންޓް، އަދި ކެއިން ބުއިމާއި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތްތައް ކަށަވަރު ކުރުމަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް މަސައްކަތް ކުރުން ހިމަނާފައިވައެވެ. 

މީގެ އިތުރުން، ޚަރަދަށް ޒިންމާދާރުވުމާއި، އިހުމާލާ ބެހޭ ޤާނޫނެއް ވުޖޫދު ކުރުމަށް މަސައްކަތް ކުރުމަކީ މިރާއްޖެއިން ކޮރަޕްޝަން ފިލުވާލުމަށް އެޅިގެންދާނެ ހަރުދަނާ ފިޔަވަޅެއް ކަން ފާހަގަކުރައްވައި ލަބީޤް ވިދާޅުވީ، ސަރުކާރުގެ އޮފީސް ތަކުން ބޭކާރު ޚަރަދު ކުރާ ގޮތްތައް ދެނެގަނެވި، އެފަރާތް ތަކަށް ނަޞޭޙަތްތެރިވެ، ޚަރަދު ކުރުމުގެ އޮނިގަނޑު ބަދަލު ކުރެވި، ދެންވެސް ތަކުރާރުކޮށް ބޭކާރު ޚަރަދު ކުރަމުން ގެންދާނަމަ، އެކަމަށް އެޅޭނެ ޤާނޫނީ ފިޔަވަޅުތައް ޤާނޫނުގައި ބަޔާން ކުރުމާއި، ދިވެހިރައްޔިތުންނަށާއި، ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ނުދީ ލަސްކޮށް ހިފަހައްޓާ ވެރިންނާއި މެދުވެސް ފިޔަވަޅު އެޅޭނެ ގޮތް ޤާނޫނުގައި ބަޔާން ކުރުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހަމަ އެހެންމެ، ތަޢުލީމީ މަންހަޖު އިޞްލާޙުކޮށް، ސުކޫލު، ކޮލެޖް، ޔުނިވަރސިޓީ ތަކުގައި ހޯދުންތަކާ ދިރާސާ ހަދާ ދަރިވަރުންނަށް ފައިސާ / ފަންޑިންގ ހަމަޖެހޭނެ އޮނިގަނޑެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަަން ލަބީގުގެ ވަޢުދު ނާމާގައި ހިމަނާފައިވައެވެ. 

މިއާއެކު ލަބީޤް ވަނީ، ޑިޖިޓަލައިޒްޑް ލާމަރުކަޒީ ސަރުކާރެއް ޤާއިމު ކުރުމަށް ސަރުކާރުގެ އެންމެހައި އޮފީސްތަކުގެ ލިޔެކިޔުންތައް ސުކޭން ކުރެވި، އޯ.ސީ.އާރު ފަދަ ސޮފްޓް ވެޔަރތައް ބޭނުންކޮށް، ސުމޭކް (ޑިޖިޓަލައިޒް) ކުރެވި ޑޭޓާރބޭސްތައް ފަރުމާ ކުރެވި، އެ ހުރިހާ މައުލޫމާތުތައް ޑޭޓާރބޭސް ތަކަށް އެޅި، ޑިޖިޓަލައިޒޭޝަން ޤާނޫނު ބަޔާން ކުރާ ގޮތުގެ މަތީން އޮފީސްތަކުގެ ޑޭޓާތައް އޭ.ޕީ.އައި މެދުވެރިކޮށް ގުޅާލެވޭނެ މަގު ފަހި ކުރުމަކީވެސް އޭނާގެ އަމާޒެކެވެ. 

މީގެ އިތުރުން ފުރަމާލޭގެ މަގުތައް ތޮއްޖެހިފައިވާ މައްސަލައަށް ޙައްލު ގެނައުމަށް ޕާރކިން އާއި ބެހޭ އެއްގަމު އުޅަނދު ޕާކު ކުރުމުގެ ޤަވާޢިދު ނަންބަރު 150/2021 ތަންފީޒު ކުރެވޭނެ މަގެއް ޤާނޫނު ތަކަށް އިޞްލާޙު ގެނެވިގެން މާލެ ސިޓީ ކައުންސިލަށް ފަހިކޮށްދޭން މަސައްކަތް ކުރުމަށް ޚާއްޞަ އިސްކަމެއް ދޭނެ ކަމަށް ވަޢުދު ނާމާގައި ބަޔާން ކޮށްފައިވެއެވެ.

ގެދޮރު ބިނާ ކުރަން ނަގާ ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާ ފައިސާއާ ނުލައި ބޭނުންވާ ލޯނު ލިބޭނެ ޤާނޫނީ އޮނިގަނޑު ތައްޔާރު ކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ޢާއްމު "ދިރިއުޅުމަށް ގޯތި ގެދޮރު ބިނާ ކުރުމަށް ދެވޭ ލޯނާއި ބެހޭ ޤާނޫނު" ވުޖޫދަށް ގެނައުމަށާއި، ތަކުލީފަކާއި ނުލައި ލޯނު ދެއްކޭނެ މަގު ފަހި ކޮށްދިނުމާއި، ބޭންކްގައި ބަހައްޓަންޖެހޭ ފައިސާގެ އިންސައްތަ (އިކުއިޓީ) ގެ ގޮތުގައި ފަރުދުން ދައްކަން ޖެހޭ އިންސައްތަ ސަރުކާރުން ގެރެންޓީ ސިޓީއެއް ހަމަޖައްސައިދީ، ލޯނުގެ ބައެއްގެ ގޮތުގައި ހިމެނޭނެ މަގު ޤާނޫނުގެ ތެރެއިން ފަހި ކޮށްދިނުމަށް ވެސް ލަބީގު މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

އަދި މީގެ އިތުރުން ބޯހިޔާވަހިކަމާ ބޭހޭ ޤާނޫނު ވުޖޫދު ކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން، ގޯތި، ރޯހައުސް، ފުލެޓް ދޭންކުރެވޭ އިޢުލާނުގައި ބަޔާން ވެފައިވާ ޝަރުތުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކާ ބެހޭ ބާބާ ފުށުއަރާނެ އެއްވެސް މާއްދާއެއް ހިމެނިގެންނުވާ އިޢުލާނެއް ކަމުގައިވުން ޔަޤީން ކުރުމާއި، ބޯހިޔާވަހިކަމުގެ ފޯމަށް މާރކްސް ދޭނެ އުޞޫލު ޤާނޫނުގައި ބަޔާން ކުރުމަށް މަސައްކަތް ކުރުމަށް ވަޢުދުވެފައި ވެއެވެ. 

އަދި ބޯހިޔާވަހިކަން ބެހިގެންވާ ކެޓަގަރީތައް ކަނޑައެޅުމަށް މަސައްކަތް ކުރުމާއި، މީލާދީ ގޮތުން 18 އަހަރު ފުރޭ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ބެލުމަށް ކަމާއި ގުޅުންހުރި ވުޒާރާ އަދި ވިދާރާއަށް ލާޒިމުކޮށް، ބޯހިޔާވަހިކަމެއް ނެތްނަމަ، ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ގޮތެއް ޤާނޫނުގައި ބަޔާން ކުރުމަށް މަސައްކަތް ކުރުމަށް ވެސް ލަބީގު ވަނީ ވައުދުވެފައެވެ. 

އަދި މީގެ އިތުރުން ސިވިލް ސަރވިސް ޤާނޫނު އެކުލެވިފައިވާ ގޮތުން، ތަޢުލީމު ނެތް، އެހެން ނަމަވެސް މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތް ތަކަށް މަޤާމުގެ ކުރި އެރުން ނުލިބޭ ގޮތަށް އޮތް އޮތުން އިޞްލާޙުކޮށް، އެކަމަށް ބޭނުންވާ ހަރުދަނާ ޤާނޫނީ ނިޒާމެއް ޤާއިމު ކުރުން ލަބީޤް ގެ ވަޢުދު ނާމާގައި ވަނީ ހިމަނާފައެވެ.

މިހުރިހާ ކަމެއް ޤާނޫނުގައި ހިމަނަނީ، ކޮންމެ ދައުރެއްގެވެސް ވެރިކަން ބަދަލު ވުމުން، އެއް ރައީސަކު ކޮށްފައި ހުންނަ ކަންކަން އަނެއް ރައީސް އަކު ބަދަލު ކުރުމުގެ ސަބަބުން އެކަމުގެ ހުރިހާ ތަކުލީފެއް ބޮލުގައި އަޅަން ޖެހެނީ ނިކަމެތި ރައްޔިތުންނަށް ކަމަށޑ ވާތީ ޤާނޫނުގައި އިސްވެ ބަޔާން ކުރެވުނު ކަންކަން ހިމެނުމުން، އެހެން ހަދަން ދަތިވުން ކަމަށް އެނާ ވިދާޅުވި އެވެ. 

ލަބީޤު ވިދާޅުވީ އޭނާ އަންނަނީ ޤައުމީ މެނިފެސްޓޯ އެއް ހިފައިގެން ކަމަށާއި، އެއީ މުޅި ޤައުމަށް ދިމާވެފައިވާ އެންމެހައި ކަންކަމުގެ ޙައްލު ކަމަށެވެ. ވީމާ މި ޤައުމަށާއި، އަންނަންއޮތް ޖީލަށް ހެވެއް އެދޭނަމަ، މިކަންކަމާއި ފުންކޮށް ވިސްނާ ވަޑައިގަތުމަށް އެދިފައި ވެއެވެ.

އެޑިޓަރުގެ ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ވޮއިސް ހަބަރު ކަވަރޭޖަށް 9956888 އަށް ގުޅާލައްވާ
ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.