ނާޒިރު ޝިހާމް (ކާއްޓޭ)
ކުޅިވަރު
04 Jan 2024 | 04:56
އެމްޖީ ސްޕޯޓްސް ކްލަބުގެ އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތު ހޯސްޓް ކުރަނީ ކާއްޓޭ!

އެމްޖީ ސްޕޯޓްސް ކްލަބާއި ފިއޮންޓީ ސްޕޯޓްސް އެކެޑަމީ ގުޅިގެން ކ. ކާށިދޫގައި ފެށުމުން ހަމަޖެހިފައިވަނީ ފުޓްބޯޅަ އެކަޑަމީ ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ހޯސްޓް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ވަރަށް މަޝްހޫރު ފަންނާނެއް ކަމަށްވާ ނަޒިރު ޝިހާމް (ކާއްޓޭ) އެވެ.

ވޮއިސް އަށް މައުލޫމާތު ދެއްވަމުން އެމްޖީ ސްޕޯޓްސް ކްލަބުގެ މީޑިއާ ކޯޑިނޭޓަރު އިބްރާހިމް ޝާބިލް ވިދާޅުވީ ޖެނުއަރީމަހުގެ 6 ވަނަ ދުވަހު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ މިރަސްމިއްޔާތަށް އެކުލަބުން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަކަމަށާއި، މި އިވެންޓުން ހޯސްޓް ކުރުމަށް ކާއްޓޭ ހަމަޖެހިގެން ދިއުމަކީ އިވެންޓަށް ލިބިގެންދާނެ އިތުރު ފުރިހަމަ ކަމެއް ކަމަށެވެ. 

މީގެ އިތުރުން މިރަސްމިއްޔާތުގައި ރާއްޖޭގެ ނަން މަޝްޙޫރު ފުޓްބޯޅަ އަދި ފުޓްސަލް ތަރިން ފެނިގެންދާނެއެވެ.

އިތުރަށް ވާހަކަ ދައްކަމުން ޝާބިލް ވިދާޅުވީ ފިއޮންޓީ ސްޕޯޓްސް އެކެޑަމީ އާއި ގުޅިގެން އެކުލަބުން މިފަށާ ފުޓްބޯޅަ އެކަޑަމީގައި ތަޖުރިބާ ލިބިފައިވާ ފަސް ކޯޗުން މަސައްކަތް ކުރާނެ ކަމަށާއި، އެކަޑަމީގެ ތަމްރީނުތައް ރާވައި ކުރިއަށް ގެންދާނީ ތަޖްރީބާ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ ސީދާ ބެލުމުގެ ދަށުންކަމުގައެވެ. އެކަމަށްޓަކައި އެކުލަބުން ވަނީ ނިޒާމްބެގެ ފިއޮންޓީ ސްޕޯޓްސް އެކެޑަމީ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 

އެމްޖީ ސްޕޯޓްސް ކްލަބުގެ އެކަޑަމީ ފެށުމަށް ހަމަޖެހިފައިވަނީ 106 ކުދިންނާއެކުގައި ކަމަށާ، އޭގެ ތެރޭގައި ހިމެނެނީ 90 ފިރިހެން ކުދިންނާއި 17 އަންހެން ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަޖިސްޓްރޭޝަން ފިއެއްގެ ގޮތުގައި ކޮންމެ ކުއްޖެއްގެ އަތުން 350 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު މަހު ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 250 ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ. 

މީގެ އިތުރުން އެކަޑަމީގައި ރަޖިސްޓަރީ ކުރެވިފައިވާ ކުދިންގެ ޖާޒީ ކިޓް އެމްޖީ ސްޕޯޓްސް ކްލަބުގެ އޮފީހުން މިހާރު ލިބެން ހުންނާނެ ކަމަށް ޝާބިން ވިދާޅުވިއެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.