މާލޭ މަގެއްގައި ސައިކަލް ޕާކު ކޮށްފައި-- ފޮޓޯ/ސަން
ހަބަރު
05 Jan 2024 | 14:59
ޢާއްމު ދަތުރުފަތުރަށް އުދަގޫ ވާގޮތަށް އުޅަނދު ޕާކު ކުރާނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި!

ޢާއްމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ޕާކް ކޮށްފައިވާ އުޅަނދުތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިވެހި ފުލުހުންގެ އިދާރާއިން ދީފިއެވެ. 

ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން މިކަމާއި ގުޅިގެން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ގްރީން ޒޯން ސަރަހައްދާއި، ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދު އަދި ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތައް ފިޔަވައި އެނޫން ސަރަހައްދުތަކުގައި ޕާކު ނުކުރުމަށް އެދިފައެވެ. އަދި މާލޭގެ ބާރުބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދުވެސް ޕާކު ނުކުރުމަށް އެދިފައިވެއެވެ.

އަދި އެ ސަރަހައްދު ތަކުގައި އާއްމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ބަހަށްޓާފައިވާ އުޅަނދުތަކާއިމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ. 

މީގެ އިތުރުންވެސް ފުލުހުން ކޮށްފައިވާ އެހެން ޓުވީޓެއްގައި ވަނީ، ސުކޫލް ޗުއްޓީއަށްފަހު މިމަހު 7 ގައި އަލުން ސުކޫލް ހުޅުވޭއިރު، މާލޭގެ އެކި ސުކޫލުތަކަށް ވަދެ ނުކުތުމަށް ދަތިވާގޮތަށް، އަދި ސްކޫލްތަކުގެ ގޭޓް ކުރިމައްޗަށް ވާގޮތަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.