ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު-- ފޮޓޯ/ވޮއިސް
ހަބަރު
08 Jan 2024 | 10:56
ޢާޒިމާގެ އިންތިޚާބީ ހައްގަކަށް އަރައިގެންފައިވާ ކަމަށްބުނެ މައްސަލަ ބަލަން އީސީއަށް!

ޕީއެންސީ ޓިކެޓްގައި މާލެސިޓީ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރުގެ އިންތިޚާބީ ހައްގަށް އަރައިގަތްކަމަށް ވިދާޅުވެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަން ނިންމަވައިފިއެވެ. 

ޢާޒިމާގެ ފަރާތުން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ، އޭނާގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ ގެދޮރުވެރިކަމުގެ ލޯނުގެ މައްސަލައިގައި ލޯނު ރީސްޓްރަކްޗާރކުރުމަށް ވާހަކަދައްކަވަން ފަށްޓަވައި، ފައިސާ ދައްކާނޭ ގޮތުގެ ޝެޑިއުލެއްވެސް އެ ބޭންކަށް ހުށަހަޅުއްވާފައި ވަނިކޮށް އެ ބޭންކުގެ އެދުމުގެ މަތިން އޭނާގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ ކަަމަށެވެ.

އަދި އެކަން އިސްލާމިކް ބޭންކުން ކުރިއަށް ގެންގޮސްފައިވަނީ، ލޯނު ރީ-ސްޓްރަކްޗަރ ކުރުމަށް ދެކެވެމުންދިޔަ ވާހަކަތައް ވަކިގޮތަކަށް ނިމެންދެން، ކޯޓުގައި ހިނގަމުންދިޔަ މައްސަލަ މަޑު ޖައްސާލުމަށް ކޯޓަށް ލިޔުމުން އަންގާނޭ ކަމުގެ ޔަގީންކަން އޭނާއަށް ދިނުމަށްފަހު ކަންވެސް އާޒިމާ ފާހަގަކުރެއްވިއެވެ.

މިއީ އަޅުގަނޑު ކުރިމަތިލާފައިވާ މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަށް ނުފޫޒުފޯރުވުމަށް ބޭންކިންގެ ޤާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް، ބޭންކުގެ ވަކި މުވައްޒަފަކު ކޮށްފައިވާ ކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ވަރުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. 

މިކަން މިހެން ހިނގާފައި ވަނިކޮށް، ވަކި ފަރާތަކަށް ޢާޒިމާ ފައިސާ ދޭންޖެހޭ ކަމަށް ބުނެ އޭނާއާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އަދި އެކޯޓަށް އޭނާ ހާޒިރުވެފައި ނުވާތީ މިމަހުގެ 9 ވަނަ ދުވަހު އޭނާގެ ޣައިރު ހާޒިރުގައި ހުކުމް ކުރުމަށް ހަމަޖެހިފައިވާ ކަމަށާ، އެކަން އޮންލައިން ނޫހެއް ކަމަށްވާ "ދައުރު" އަށް ކަށަވަރު ކުރެވިފައިވާކަމަށާއި، އަދި އެކަމުގެ ލިޔުންތައް އެނޫހަށް ލިބިފައިވާކަމަށް 4 ޖެނުއަރީ 2024 ވަނަ ދުވަހު ދައުރު ނޫހުގައި ޝާއިއު ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

އެހެންނަމަވެސް އޭނާގެ މައްޗަށް އެފަދަ ދައުވާއެއް ކޮށްފައިވާކަން އެނގިފައި ނުވާތީ އެކަން ސާފުކުރުމަށް އޭނާގެ ގާނޫނީ ވަކީލުން ސިވިލް ކޯޓަށް ލިޔުމުން އޭނާގެ މައްޗަށް އެފަދަ އެއްވެސް ދައުވާއެއް ސިވިލް ކޯޓަށް ހުށަހެޅިފައި ނުވާކަމަށް އެކޯޓުން ގާނޫނީ ވަކީލުންނަށް ލިޔުމުން ޖަވާބު ދީފައި ވާކަމަށްވެސް އާޒިމާ ވިދާޅުވެފައި ވެއެވެ.

އާޒިމާ ވިދާޅުވީ އެ ދެ މައްސަލައަކީވެސް އޭނާ މިހާރު ކުރިމަތިލައްވައިގެން އުޅުއްވާ މާލޭ ސިޓީގެ މޭޔަރު އިންތިޚާބުގެ ބައި އިލެކްޝަންގެ އިންތިޚާބަށް ނުފޫޒު ފޯރުވާ މި އިންތިޚާބުގައި އޭނާއަށް ގެއްލުން ދިނުމުގެ ނިޔަތުގައި ބަޔަކު ރާވައިގެން ކުރަމުންދާ ކަމެއްކަމުގައި އޭނާއަށް ގަބޫލުކުރެވޭކަމަށެވެ.  

އެހެންކަމުން، މައިގަނޑު ހަތަރު ފިޔަވަޅެއް އެޅުމަށް އޭނާގެ ވަކީލުންގެ ޓީމުން ނިންމަވައި މަސައްކަތް ފަށްޓަވާފައިވާ ކަމަށް ޢާޒިމާ ވިދާޅުވި އެވެ. އެއީ؛ 

1) ދިވެހރާއްޖޭގެ ބޭންކިންގއާ ބެހޭ ގާނޫނުގެ ދަށުން މި މައްސަލަ ބައްލަވައި ބޭންކާ ދެކޮޅަށް ފިޔަވަޅު އަޅުއްވައިދެއްވުން އެދި މޯލްޑިވްސް މަނިޓރީ އޮތޯރިޓީއަށް ހުށަހެޅުން.

2) ދައުރު ނޫހުގައި، ދޮގު ހަބަފަތުރައި، ލޔުންތައް އުފައްދައި ފެބްރިކޭޓްކޮށް ޢާޒިމާގެ އަބުރަށް އަރައިގަނެ، އަދި އޭނާއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށް ބުނެ، އެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅައި ދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސަސް އަށް ހުށަހެޅުން

3) ޢާޒިމާގެ އިންތިހާބީ ޙައްގަކަށް ދައުރު ނޫހުން އަރައިގެންފައިވާ ކަމަށް ބުނެ، އެމައްސަލަ ބައްލަވައި ދެއްވުންއެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުން

4) އަބުރުގެ ދައުވާ ސިވިލް ކޯޓަށް ހުށަހެޅުން

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.