މިއަދު ވަނީ 20 އެމްއޯޔޫއެއްގައި ސޮއިކުރެވިފައި
ހަބަރު
10 Jan 2024 | 18:48
ރާއްޖެ އާއި ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެ އާއި ޗައިނާއާއި ދެމެދު 20 އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެ އެމްއޯޔޫތަކުގައި ދެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ސޮއި ކުރައްވާފައި ވަނީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި  ޗައިނާގެ ރައީސް ޝީ ޖިންޕިން ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތެއްގައި އެ ދެބޭފުޅުންގެ ކުރިފުޅު މަތީގައެވެ.

ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެމަފިރި ކަނބަލުން މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ދެ ޤައުމުގެ ދެމެދުގައި މިއަދު ސޮއި ކުރެވުނު  އެމްއޯޔޫތަކުގެ ތެރޭގައި ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނަޝިޕާއި، ކާބަން މަދުކުރުމާއި ބްލޫ އިކޮނޮމިކް ކޯޕަރޭޝަން އެމްއޯޔޫ ހިމެނެއެވެ.

ހަމަ މިއާއި އެކު ކާރިސާތައް މަދުކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާއި ގްރީން ޑިވެލޮޕްމަންޓް އެމްއޯޔޫ އަކާއި ޑިޖިޓަލް ދާއިރާ ތަރައްޤީ ކުރުމާއި ސޯޝަލް ހައުސިން އާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ އެމްއޯޔޫއެއް ވެސް މިއަދު ސޮއިކުރެވުނު އެމްއޯޔޫތަކުގެ ތެރޭގައި ހިމެނެއެވެ.

ޖުމުލަ ގޮތެއްގައި މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ އިޤްތިޞާދީ ދާއިރާ، ތިމާވެށީގެ ދާއިރާ، މީޑިއާގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާއާއި، ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްޤީއާ ގުޅޭ އެކި ދާއިރާތަކާއި ގުޅުންހުރި އެއްބަސްވުންތަކެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒުގެ ދަކަނބަލުން  ޗައިނާ އަށް ކުރައްވަމުން މި ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް  ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ފުޖިއާން ޕްރޮވިންސަށެވެ.

ފުޖިއާން ޕްރޮވިންސް ގައި  ރާއްޖޭގެ ފަރާތުން ބޭއްވި އިންވެސްޓްމަންޓް ފޯރަމް އިފުތިތާހު ކޮށްދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަޤުރީރު ކުރައްވާފައެވެ. އެ ފޯރަމްގައި ޗައިނާގެ އެންމެ މަޝްޙޫރު ވަރުގަދަ ވިޔަފާރިވެރިން ހިމެނެނޭނެހެން 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެ ވަޑައިގަންނަވައވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.