ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ޗައިނާގެ ޕްރިމިއާ (ބޮޑުވަޒީރު) ލީ ޗިންއާ ބައްދަލު ކުރެއްވުން--ފޮޓޯ/ރައީސް އޮފީސް
ހަބަރު
11 Jan 2024 | 12:45
ޗައިނާ އާއެކު ކުރެވުނީ ކާމިޔާބު، ބޮޑެތި ފައިދާ ތަކެއް ވާނެ މަޝްވަރާ ތަކެއް: ރައީސް މުޢިއްޒު

ޗައިނާގެ ރައީސް ޝީ ޖިންގޕިންއާއެކު ކުރިއަށްދިޔަ މަޝްވަރާތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއްކަމަށާއި، އެ މަޝްވަރާތަކުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޗައިނާގެ ޕްރިމިއާ (ބޮޑުވަޒީރު) ލީ ޗިންއާއެކު އިއްޔެ ބޭއްވެވި މަޝްވަރާތަކުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޗައިނާގެ ޕްރިމިއާ ލީޗިންއާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަތުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް އަޚްވަންތަ ގުޅުން ރަމްޒުކޮށްދޭކަމެއްކަމަށެވެ. އަދި ޗައިނާއަށް ވަޑައިގަތުމަށް އެރުވި ދައުވަތަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

މިއާއެކު، ޗައިނާއާއެކު ޤާއިމްކުރި އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޗައިނާއަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި، މި ދަތުރުފުޅުން ދެޤައުމުގެ ގުޅުން އައު ހަރުފަތަކަށް ދާނެކަމަށެވެ.

މި ބައްދަލުވުމުގައި ޗައިނަގެ ޕްރިމިއާ ދެއްކެވި ވާހަކަފުޅުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަކީ ބިނާކުރަނިވި އަދި ދެޤައުމަށްވެސް ފައިދާހުރި މަޝްވަރާތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޗައިނާގެ ޕްރިމިއާގެ ވާހަކަފުޅުގައި ވަނީ ރައްޖެއިން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ޗައިނާ ތައްޔާރަށް އޮތްކަމަށާއި، ޗައިނާ ސަރުކާރާ ރައްޔިތުންގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ރާއްޖެއަށް އިތުރު ސްކޯލާޝިޕް ފުރުސަތުތައް ފަހިކޮށްދިނުމާއި، ވޮކޭޝަނަލް ޓްރެއިނިންގ، ސްޕޯޓްސް ޓްރެއިނިންގ، އަދި މަސްވެރިކަމާއި، އެނޫންވެސް ދާއިރާ ތަކުން ޗައިނާގެ އެހީ ފޯރުކޮށްދިނުމަށް މަޝްވަރާ ކުރައްވާފައިވެއެވެ. 

އަދި، ރާސްމާލެ މަޝްރޫޢުއާއި، އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫއުގެ އިތުރުން ވެސް ރައީސް މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޗައިނާ އާއި ރާއްޖެއާއި ދެމެދު ޑައިރެކްޓް ފްލައިޓްތައް އިތުރު ކޮށް ފަތުރުވެރިކަން ކުރި އެރުވުމަށްވެސް މަޝްވަރާ ކުރައްވާފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތީ އެ ޤައުމުގެ ރައީސްގެ ދައުވަތަކަށެވެ. މިއީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ