ރައީސް ޑރ.މުއިއްޒާއި ޗައިނާގެ ރައީސް ބައްދަލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Jan 2024 | 14:29
ޗައިނާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުމާއި ދެކޮޅު ހަދާނެ ކަމަށް ބުނެފި

ޗައިނާއިން ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކަށް ބޭރުގެ ނުފޫޒު ފޯރުވުމާއި ދެކޮޅު ހަދާނެ ކަމަށް ބުނެފިއެވެ.

މިކަން ހާމަކޮށްފައިމިވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުފުޅުގައި ދެފަރާތުން އެއްބަސްވާ ކަންކަމާއި ގުޅޭގޮތުން ރައީސް އޮފީހުން ނެރުއްވި ޖޮއިންޓް ޕްރެސް ކޮމިއުނިކޭޝަންގައެވެ.

މިގޮތުން ޗައިނާއިން ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމާއި ގައުމީ ކަރާމާތް ދެމެހެއްޓުމުގައި އެއްބާރުލުންދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. 

މި ޖޮއިންޓް ޕްރެސް ކޮމިއުނިކޭޝަންގައި ރާއްޖެއިން ވަނީ "ވަން-ޗައިނާ" ސިޔާސަތު ޤަބޫލުކޮށް، މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ގާނޫނީ ސަރުކާރަކީ ޗައިނާގެ ސަރުކާރުކަން ގަބޫލުކޮށް ޓައިވާނަކީ ޗައިނާގެ ސަރަޙައްދުން ވަކިނުކުރެވޭނެ ބައެއް ކަމަށް ގަބޫލުކޮށް "ވަން-ޗައިނާ" ސިޔާސަތަށް ތާއީދުކުރުން މަތީ ދެމި އޮންނާނެ ކަމަށް ބުނެފައެވެ.

ޗައިނާގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް ބުރޫއަރާ، "ޓައިވާންގެ މިނިވަންކަން" ނަމުގައި ހިންގާ ހުރިހާ ހަރަކާތަކާ ދެކޮޅު ހަދައި، ޓައިވާނާއެކު އެއްވެސް ކަހަލަ ރަސްމީ ގުޅުމެއް ނުއުފައްދާނެ ކަމަށް ވެސް ރާއްޖެއިން ވަނީ އެއްބަސް ވެފައެވެ.

ޗައިނާ އިން ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކަށް ބޭރުގެ ނުފޫޒު ފޯރުވުމާއި ދެކޮޅު ހަދާން އެއްބަސްވީ ފަދައިން ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވުމަށާއި، އެގައުމުގެ ޤައުމީ އެއްބައިވަންތަކަން ހޯދުމަށް ޗައިނާއިން ކުރާ ހުރިހާ މަސައްކަތަކަށް ވެސް އެހީތެރި ވާނެ ކަމަށް ވެސް މި ޖޮއިންޓް ޕްރެސް ކޮމިއުނިކޭޝަންގައި ރާއްޖެއިން ވަނީ އެއްބަސް ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.