ވޯޓްލެއްވުމަށް ފަހު މީޑިޔާތަކާއި އާޒިމާ ވާހަކަ ދައްކަވަނީ / ފޮޓޯ: ވޮއިސް
ހަބަރު
13 Jan 2024 | 09:20
އާޒިމާ ވޯޓްލައްވައިފި ، އެދި ވަޑައިގެންނެވީ ވީހާވެސް އަވަހަކަށް ނުކުމެ ވަޑައިގެން ވޯޓު ލެއްވުމަށް.

ސަރުކާރު ހިންގާ މައިޕާރޓީ ޕީއެންސީގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު ވޯޓް ލައްވައިފިއެވެ.

އާޒިމާ ވޯޓު ލައްވާފައި ވަނީ ހިރިޔާ ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ވޯޓް ލެއްވުމަށްފަހު އާޒިމާ ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވަރަށް މުހިއްމު މެސެޖެއް ދެއްވާފައެވެ. އާޒިމާ ވިދާޅުވީ ވީހާވެސް އަވަހަކަށް ނުކުމެވަޑައިގެން ވޯޓު ލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

" އަޅުގަނޑު ހުރިހާ ބޭފުޅުންގެ ގާތުގައިވެސް މި އެދެނީ ވީހާވެސް އަވަހަކަށް ނުކުމެވަޑައިގެން ވޯޓު ލެއްވުމަށް. މިއީ ޑިމޮކްރެޓިކް ޕްރޮސެސްއެއް، އެހެހެންވީމަ ޕްރޮސެސްގައި ރައްޔިތުންގެ ހައްގެއް އަދި ޒިންމާއެއް ވީމަ، ޒިންމާ އަދާކޮށްދެއްވުމަށް އަޅުގަނޑުގެ ފަރާތުން ދަންނަވާނީ." އާޒިމާ ވިދާޅުވިއެވެ.

މިއަދުގެ މި ބައި – އިލެކްޝަންގައި 55،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލެވޭ އިރު ޖުމުލަ 55 ވޯޓް ފޮށްޓެއް ބެހެއްޓިފައިވެއެވެ. އަދި ހާހަކާއި ގާތްކުރާ އަދަދަކަށް މީހުން ވޯޓްގެ ކަންތައްތަކުގައި ހަރަކާތްތެރި ވަމުން ގެނދެއެވެ.

މި ބައި އިލެކްޝަންއަށް 5 ބޭފުޅަކު ވާދަ ކުރައްވައެވެ . އެ 5 ބޭފުޅުންނަކީ

1.    އަމިއްލަ ގޮތުން ކުރިމަތި ލައްވާ އެމްޑީއޭގެ ގައުމީ މަޖިލީހުގެ ކުރީގެ މެންބަރު ޝުއައިބު އަލީ

2.    އަމިއްލަ ގޮތުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު

3.    ޕީޕީއެމް-ޕީއެންސީ ގެ ފަރާތުން ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު

4.    އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް

5.    ޑިމޮކްރެޓްސްގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު

މިއަދުގެ ވޯޓްލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނި ހެދުނު .8.00 ން ހަވީރު 5.00 އަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.