އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު
ހަބަރު
13 Jan 2024 | 14:12
އުންމީދަކީ ޗައިނާއިން މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 40 އިންސައްތަ އިތުރުކުރުން: ފާތުން

އުންމީދަކީ ޗައިނާއިން މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 40 އިންސައްތަ އިތުރުކުރުން ކަމުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒި ޗައިނާއަސް ކުރެއްވު ފުރަމާނަ ދަތުރު ފުޅުގައި ބައިވެރިވެލައްވައި ޗައިނާގައި ހުންނަވާ ޗައިނާގެ ގްލޯބަލް ޓައިމްސްއަށް މިދިޔަ ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ފާތިމަތު ވިދާޅުވީ ޗައިނާއާ އެކު މި ސަރުކާރުން ހެދި އާ އެއްބަސްވުންތަކާ އެކު ކޮވިޑް-19 ބަލިމަޑުކަމުގެ ކުރިން ޗައިނާ މާކެޓު އޮތް ހިސާބަށް މި އަހަރު އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

"އުންމީދަކީ ޗައިނާ ފަތުރުވެރިންގެ އަދަދު [މިދިޔަ އަހަރާ އަޅާބަލާއިރު] %40 އިތުރުވެ، ކޮވިޑް-19 ބަލިމަޑުކަމުގެ ކުރިން އޮތް ހާލަތަށް ދިޔުން." ފާތިމަތު ވިދާޅުވިއެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސްއަށް ދެއްވި މި ބަސްދީގަތުމުގައި ފާތިމަތު ވިދާޅުވީ ޗައިނާ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް ޝައުގުވެރިކަން ބޮޑުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށެވެ. އެގޮތުން ޗައިނާ ބަހުން އެ ގައުމުގެ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި މާކެޓިން ހަރަކާތްތައް ކުރިއަށްގެންދާ ކަމަށާއި، ޗައިނާގެ ބޮޑެތި ޓްރެވަލް ޓްރޭޑް ޝޯތަކާއި އެކި އިވެންޓުތަކުގައި ބައިވެރިވެ، ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓުގެ ގޮތުގައި ދެމިއޮތް ގައުމެއް. ބޯޑަރުތައް ބަންދު ކުރުމުގެ ކުރިން އަދި އޭގެ ފަހުން ވެސް ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އައީ އިތުރުވަމުން،" ފާތިމަތު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތުގެ މި ބަސްދީގާތުމުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް މި ކުރެއްވި ފުރަމާނަ ދަތުރު ފުޅާއި ބެހޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އޭނާ ފާހަކަ ކުރެއްވި ގޮތުގައި ރައީސްގެ މި ދަތުރު ފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ގުޅުން އެތަށް ތަނަކުން ކުރިއަރާ ދާނެކަމަށެވެ.

"މިކަމުން ދައްކުވައިދެނީ މާކެޓެއް އަދި ޕާޓްނަރެއްގެ ގޮތުގައި ރާއްޖެއިން ޗައިނާއަށް ދޭ އަހަމިއްޔަތުކަން. އަދި މިކަންކަމުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ،" ރައީސްގެ ދަތުރުފުޅާއި ގުޅޭގޮތުން ފާތިމަތު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ފަތުރުވެރި ކަމުގައި ޗައިނާގެ މާކެޓަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުކަމުގައި ހައްދަވައި ދެއްވުމަށް ވަނީ އެދި ވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.