ރައީސް ޑރ މުޢިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--ފޮޓޯ: ވޮއިސް
ހަބަރު
13 Jan 2024 | 16:00
ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ފައިސާ ލުއިކޮށްދޭން ނިންމައި، ދިރާސާ ފަށަނީ

ޗައިނާއިން ރާއްޖެ އަށް ދީފައިވާ ލޯނުތައް ދެއްކުމަށް ޗައިނާއިން ލުއި ދޭން ނިންމައި، ރާއްޖެއަށް ލުއިތަކެއް ހަމަޖައްސައިދިނުމުގެ ދިރާސާތައް ފެށުމަށް ޗައިނާގެ ފަންނީ ޓީމެއް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އެއާޕޯޓުގައި ދެއްވި ބަޔާނެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތަކަށް ލުއިދޭން އެ ގައުމުން ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ޗައިނާއިން ރާއްޖެއަށް ދަރަންޏަށް ދީފައިވާ ފައިސާ އަނބުރާ ދެއްކުމުގައި ރާއްޖެއަށް ލުއި ގޮތްތަކެއް ހަމަޖައްސަައިދެއްވުމަށް އެ ޤައުމުގެ ރައީސް ޝީ ޖިންޕިން އަރިހުން އެދިވަޑައިގަތީ ސީދާ ރައީސްއެވެ.

އެގޮތުން ރައީސް ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ދައްކަން ހުރި ފައިސާ ކުރިއަށް އޮތް 5 އަހަރު ނުދައްކައި ވީހާވެސް ބޮޑަށް ގްރޭސް ޕީރިއަޑެއް ހަމަޖައްސައި، ވީހާވެސް ލުއި ގޮތެއްގައި ދަރަނި އަދާކުރެވޭނެ ގޮތެއް ހޯދުމަށް ޗައިނާގެ ފިނޭންސް މިނިސްޓްރީއާއި އެ ޤައުމުގެ މާލީ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ
06 Jul 2026
ނެގޮމްބޯ ޖަލުގައި 25 މަރު 100 އަށް އަނިޔާ
ސްރީލަންކާގެ ނެގޮމްބޯ ޖަލުގައި ޤައިދީންގެ ދެ ގްރޫޕެއްގެ ދެމެދުގައި އާދީއްތަ ދުވަހު ހިނގި ހަމަނުޖެހުންތަކެއްގައި 25 މީހުން މަރުވެ ގާތްގަނޑަކަށް 100 މީހުންނަށް އަނިޔާވެއްޖެއެވެ.