ރައީސް ޑރ. މުހައްމަދު މުއިއްޒު--ފޮޓޯ: ރައީސް އޮފީސް
ހަބަރު
13 Jan 2024 | 15:54
ކާޑުގެ ބާވަތްތައް ހޯދުމަށް ރާއްޖޭން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް!

އެތައް ޒަމާންތަކެއް ވަންދެން ދިވެހީން ބޭނުންކުރަމުންއައި ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ބާވަތްތައް ގެނައުމުގައި އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި ސަރުކާރުން ފައްޓަވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވަނީ ރަޢްޖޭގެ މިނިވަންކަމާއި، ގުޅޭ މުހިންމު ވާހަކަފުޅުތަކަށް ޢިޝާރާތް ކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އަޅުގަނޑުމެންނަކީ ވަކި ޤައުމެއްގެ ބެކްޔާޑުގައި އޮތް ޤައުމެއް ނޫން ކަމަށާއި، މިދިޔަ ސަރުކާރުގަ ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައިވެސް ވަކި ބައެއްގެ ހުއްދަ ހޯދައިގެން އިށީންނަމުން ދިޔަ މަންޒަރުކަމަށެވެ. އަދި އެގޮތް ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށާއި، އެއީ ދެ ޤައުމެއްގެ ދޭތެރޭގައި ގުޅުން ބާއްވަން ޖެހޭ އުސޫލެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި އަސާސްތަކުގެ މައްޗަށް ބިނާކޮށް ހުރިހާ ޤައުމުތަކާއެކުވެސް ދިވެހި ރާއްޖެއިން ގުޅުން ޤާއިމް ކުރާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންނަކީ ވަކި ޤައުމެއްގެ ބެކްޔާޑުގައި އޮތް ޤައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަޤިއްލު ޤައުމެއް. އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާ އަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ. ދާދި ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގަ ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައިވެސް އިށީންނަނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ. އެއީ ދެ ޤައުމެއްގެ ދޭތެރޭގައި ގުޅުން ބާއްވަން ޖެހޭ އުސޫލެއް ނޫން ކަމަށް.މި އަސާސްތަކުގެ މައްޗަށް ބިނާކޮށް ހުރިހާ ޤައުމުތަކާއެކުވެސް ދިވެހި ރާއްޖެއިން ގުޅުން ޤާއިމް ކުރާނެ ކަމަށް.

ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ދިވެހީންގެ މިނިވަންކަން ޤާއިމު ކުރާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އަޅުގަނޑުމެންގެ ދިވެހީން ބޭނުންކުރާ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ބާވަތްތައް ގެނައުމުގައި އެންމެ ދިމާލަކަށް ބަރޯސާއެއް ނުވާނެކަމަށާއި، އެގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށެވެ.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މިނިވަންކަން ޤާއިމުކުރާނަން. އަޅުގަނޑުމެންގެ ދިވެހީން ބޭނުންކުރާ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ބާވަތްތައް ގެނައުމުގައި އެންމެ ދިމާލަކަށް ބަރޯސާއެއް ނުވާނެ.

ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިއާއިއެކު ރައީސް މުޢިއްޒު ވަނީ ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާއިއެކު ވެފައިވާ އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ތުރުކީން މިހާރު މުޅި ރާއްޖެއަށް 1 އަހަރަށް ބޭނުންވާވަރަށްވުރެ އިތުރަށް 10 ޕަސެންޓްވަރު އިތުރަށް ލާފަ އެއްބަސްވުން ހެދިފައިވާ ކަމަށާއި، ފުށުގެ ފުރަތަމަ ޝިޕްމެންޓަށް އޯޑަރު ދީފައިވާކަމާއި، ފެބްރުއަރީމަހު އެތަކެތި ރާއްޖެ އަންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އަޅުގަނޑުމެން ވާނީ ތުރުކީ އާއިއެކު އެއްބަސްވުމެއްގައި ސޮއިކުރެވިފަ. ހަނޑޫ ހަކުރު ފުށާއި، އެކިއެކި ބާވަތްތައް، ތުރުކީން މިހާރު މުޅި ރާއްޖެއަށް 1 އަހަރަށް ބޭނުންވާވަރަށްވުރެ އިތުރަށް 10 ޕަސެންޓްވަރު އިތުރަށް ލާފަ އެއްބަސްވުން ހެދިފަ. ފުށުގެ ފުރަތަމަ ޝިޕްމެންޓަށް ވަނީ އޯޑަރު ދެވިފަ.ފެބްރުއަރީމަހު އަންނާނެ. ހަނޑޫ ހަކުރު ،ފިޔާ،ބިސް،އަލުވި މިފަދަ ތަކެތި އެކި ޤައުމުތަކުން މިހާރުވަނީ ހަމަޖެހިފަ. އެތަކެތި އަންނާނެ.

ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ މި ރޯދަމަހު ކޮންމެ ގޭބިސީއަކަށް ހިލޭ 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި، 10 ކިލޯގެ ފުށް ބަސްތާއެއް ސަރުކާރުން ހަދިޔާ ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މިއާއިއެކު ވިދާޅުވީ ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސްގެން ކަމަށާއި، ޤަައުމުގެ މިނިވަންކަމާއި އަމިއްލަވަންތަ ކަމާއިއެކު ދިވެހީންގެ ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ ޙަޤީޤީ މާނައިގައި ޤާއިމް މިކޮށްދެއްވާނެ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި ނުސީދާކޮށް އިންޑިއާއަށް އަމާޒުކޮށް ރައްދުތަކެއް ދެއްވާފައިވާއިރު، ދާދިފަހުން އިންޑިއާގެ ބޮޑުވަޒީރާއި، އެޤައުމަށް އަމާޒުކޮށް ސަރުކާރުގެ އިސް އޮފިސަރުންތަަކެއް ޓްވީޓްކުރި މައްސަލައިގައި އިންޑިއާއިން ކަންބޮޑުވުންފާޅުކޮށްފައިވާއިރު، އެ ޤައުމުގެ އެކްޓިވިސްޓުން ދަނީ ދިވެހި ސަރުކާރަށް އަމާޒުކޮށް ބަދު ބަސްތައް ރައްދުކުރަމުންނެވެ. އަދި ރާއްޖެ ބޮއިކޮޓް ކުރުމަށް އިންޑިއާއިން ވަނީ ވަރުގަދަ ކެމްޕޭނެއްވެސް ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.