ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު-- ފޮޓޯ: ވޮއިސް
ހަބަރު
13 Jan 2024 | 21:07
ވަކި ޕާޓީއަކަށް ބެލުމެއް ނެތި މާލެ ރައްޔިތުންނަށް ފައިދާވާނެ ހުރިހާ ކަމަކަށް ތާއީދުކުރާނަން: އާޒިމާ

ވަކި ޕާޓީއަކަށް ބެލުމެއް ނެތި މާލެ ރައްޔިތުންނަށް ފައިދާވާނެ ހުރިހާ ކަމަކަށް ތާއީދުކުރައްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އެކަމަނާ މި ފަދައިން ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް އިންތިހާބު ވެވަޑައިގަތުމާއި ގުޅިގެން މަރުހަބާ ދެންނެވުމަށް ކުރެއްވި ޓްވީޓެއްގައެވެ.

އާޒިމާ ވިދާޅުވީ އެއްވެސް ފިކުރެއް އަދި ޕާޓީއަކަށް ބެލުމެއްނެތި މާލެ ރައްޔިތުންނަށް ފައިދާވާނެ ހުރިހާ ކަމަކަށް ތާއީދުކުރުމަށް ވައުދުވެވަޑައިގަންނަވާ ކަމަށެވެ.

މިއަދު ބޭއްވުނު މާލޭ ސިޓީ ކައުންސިލަށް މޭޔަރަކު ހޮވުމާއި، ކައުންސިލްގެ ގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބޭއްވި މި އިންތިހާބުގައި މޭޔަރުކަން ބޮޑު ތަފާތަކުން އާޒިމް ކާމިޔާބު ކުރައްވާފައި ވަނީ 3،529 ވޯޓާއެކު އެވެ. މިއީ ވޯޓްލީ މީހުންގެ ނިސްބަތަށް ބަލާއިރު 46 އިންސައްތަ ވޯޓެވެ.

މި އިންތިހާބުގައި އާޒިމާ އަށް ލިބިވަޑައިގަތީ 2،167 ވޯޓާއެކު ޖުމްލަ ވޯޓުގެ 27 އިންސައްތަ ކަމަށް އިއުލާން ކޮށްފައިވާ ނަތީޖާއިން ދައްކައެވެ.

މި އިންތިހާބުގައި ދަ ޑިމޮކްރެޓްސް ގެ ފަރާތުން ވާދަކުރެއްވި ސައިފް ފާތިހް އަށް ލިބުނީ 1،634 ވޯޓެވެ. ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދަށް 1،326 ވޯޓު ލިބުނުއިރު، އަމިއްލަ ގޮތުން ވާދަކުރާ ޝުއައިބު އަލީ އަށް ލިބިފައިވަނީ 91 ވޯޓެވެ.

މި އަހަރުގެ މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މަގާމުތަކަށް މީހުން ހޮވުމަށް ބޭއްވި އިންތިހާބަކީ ވަރަށް މަދު ބަޔަކު ވޯޓު ލާން ދިޔަ އިންތިހާބެއް ކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ވޯޓު ލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ވޯޓްލީ ކަމަށް ބެލެވެނީ 40 އިންސައްތަ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ވެވަޑައިގަތުމުންނެވެ. އަދި ސިޓީ ކައުންސިލްގެ ތިން ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.