ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ޕީއެންސީ
ހަބަރު
14 Jan 2024 | 13:36
މޭޔަރ އިންތިޚާބުން ބަލިވީ ރައީސް ޔާމީން ނުލައި ނުކުތީމައެއް ނޫން: އަބްދުއްރަހީމް

އިއްޔެ ބޭއްވި މާލޭ މޭޔަރ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓަށް ކާމިޔާބީ ނުލިބުނީ، ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފަހަތްޕުޅުގައި ނުހުންނެވީމަ ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ. 

އިއްޔެ ބޭއްވުނު މާލޭ ސިޓީ ކައުންސިލުގެ ބައި އިލެކްޝަނާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، އެ އިންތިޚާބުގައި ޕީއެންސީއަށް މޭޔަރ ކަމުގެ ގޮނޑި ނުލިބުނީ ރައީސް ޔާމީން އެ ކެންޑިޑޭޓްގެ ފަހަތްޕުޅުގައި ނުހުންނެވުމުންތޯ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވަނީ، މޭޔަރ ބައި އިލެކްޝަން ގައި ރައީސް ޔާމީންގެ ފަރާތުންވެސް ކެންޑިޑޭޓެއް ނެރުއްވިކަން ފާހަގަކުރައްވާފައެވެ. އަދި އިންތިޚާބުން ބަލިވީ ޔާމިން ފަހަތްޕުޅުގައި، ނެތުމުން ކަމަށް ވާނަމަ، ޔާމީންގެ ކެންޑިޑޭޓްގެ ވޯޓާއި ޕީއެންސީގެ ކެންޑިޑޭޓްގެ ވޯޓް އެއްކޮށްލުމުން، އިންތިޚާބު ކާމިޔާބުވާންޖެހޭނެ ކަމަށް އަދުރޭ ވިދާޅުވިއެެވެ. 

އެއްގޮތަކަށްވެސް އެކަން (އިންތިޚާބުން ބަލިވީ ރައީސް ޔާމީނާ ނުލައި ނުކުތުމުންކަން) ގަބޫލު ކުރެވޭކަށްނެތް. އެއީ ރައީސް ޔާމިންވެސް ނެރުއްވި ކެންޑިޑޭޓެއް. އެ ކެންޑިޑޭޓާ، އަޅުގަނޑުމެންނަށް ލިބުނު ވޯޓާ އެއްކޮށްލީމާ، އެހެން ކަމަށް ވަންޏާ އަޅުގަނޑުމެން ވިން ވާނީ. 

އަބްދުއްރަހީމް އަބްދުالله 

މިއާއެކު، އަދުރޭ ވަނީ އިއްޔެގެ އިންތިޚާބުން ބަލިވީ ތައްޔާރު ނުވެވި، އެކަމަށް މަސައްކަތް ނުކުރެވުމުން ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެކަމަށް ޕާޓީގެ މެންބަރުންގެ ކިބައިން މަޢާފަށް އެދިވަޑައިގެން، އެކަން ތަކުރާރު ނުވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

އަދުރޭ މިހެން ވިދާޅުވެފައި ވާއިރު، އިއްޔެގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޔާމިންގެ ކެންޑިޑޭޓު، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދަށް ލިބިލެއްވީ 1888 ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓް، ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރަށް ލިބިލެއްވީ 5031 ވޯޓެވެ. ދެ ބޭފުޅުންގެ ވޯޓު އެއްކޮށްލުމުން، ޖުމުލަ 6919 ވޯޓު ވާއިރު، މިއީ އިންތިހާބު ކާމިޔާބު ކުރެއްވި، އެމްޑީޕީ ކެންޑިޑޭޓް އާދަމް އާޒިމަށް ލިބިލެއްވި ވޯޓަށްވުރެ މަދު އަދަދެކެވެ. ޢާޒިމަށް ލިބިލެއްވީ، 7،621 ވޯޓެވެ.

ކޮމެންޓް
ޅަސޮރު
ބަލިވީ މާލެސިޓީގެ ރައްޔިތުންގެ ތާއީދު މިހާރު ޕީޕީއެމް ޕީއެންސީއަށް ނެތީމަ. ޚާއްޞަކޮށް ރައީސް މުއިއްޒަށް.
14 Jan 2024
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.