ހައިލެވެލް ކޮމިޓީގެ ބައްދަލުވުމަށް އިންޑިޔާ ބޭފުޅުން ވަޑައިގެންނެވުން-- ފޮޓޯ/ވޮއިސް
ހަބަރު
14 Jan 2024 | 12:32
އިންޑިޔާ ސިފައިން ބޭލުމުގެ މަޝްވަރާ ބައްދަލުވުމަކަށް ދެ ގައުމުގެ މަތީ ފަންތީގެ ބޭފުޅުން މިނިސްޓްރީއަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ދިވެހިރާއްޖޭގައި ގާއިމްވެތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދެ ގައުމުގެ މަތީ ފަންތީގެ ބޭފުޅުން އެކުލެވޭ ކޮމިޓީއެއް އެކުލަވައި އެ ކޮމިޓީގެ ބައްދަލުވުމެއް ފޮރިން މިނިސްޓްރީގައި ފަށައިފިއެވެ. 

މިކަމާއި ގުޅޭގޮތުން 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން، އިބްރާހީމް ޚަލީލް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް، ދިވެހިރާއްޖެއާ އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާއި ގުޅިގެން ދެ ޤައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައިލެވެލް ކޮމިޓީއެއް މިހާރު އުފައްދަވާފައިވާ ކަމަށެވެ. 

އަދި މި ކޮމެޓީގެ ބައްދަލުވުމެއް މިއަދު ޚާރިޖީ ވުޒާރާގައި މިހާރު  ކުރިއަށްދާ ކަމަށާ, މި ބައްދަލުވުން ނިމުމުން، ބައްދަލުވުމާ ގުޅޭ އިތުރު މަޢުލޫމާތު ޚާރިޖީ ވުޒާރާއިން ހާމަކުރާނެ ކަމަށެވެ.

ހައިލެވެލް ކޮމިޓީގެ ބައްދަލުވުމަށް އިންޑިޔާ ބޭފުޅުން ވަޑައިގެންނެވުން-- ފޮޓޯ/ވޮއިސް 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މަތީ ފަންތީގެ ކޮމިޓީގައި އިންޑިއާގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ؛ 

1) އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު މުނޫ މަހާވަރު

2) އިންޑިއާގެ ހާރިޖިއްޔާގެ ފަރާތުން، އިންޑިއާ ކަނޑުގެ ކަންކަމަށް ހާއްސަ ޖޮއިންޓް ސެކްރެޓަރީ ޕުނީތު އަގަރުވާލް

3) އިންޑިއާގެ ދިފާއީ ވުޒާރާގެ މަންދޫބުން

4) އިންޑިއާގެ ކަނޑުގެ ސިފައިންގެ ބޭފުޅުން

ހައިލެވެލް ކޮމިޓީގެ ބައްދަލުވުމަށް އިންޑިޔާ ބޭފުޅުން ވަޑައިގެންނެވުން-- ފޮޓޯ/ވޮއިސް 

ރާއްޖެ ތަމްސީލުކުރައްވަނީ:

1) ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުالله ފަަޔާޒު

2) ދިވެހި ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުއްރަހީމް އަބްދުالله

3) ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖު ޑރ. އަލީ ނަސީރު

4) އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބު

މި ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭ މަޝްވަރާތަކެއް ކުރިއަށް ދާނެ ކަމަށް މައުލޫމާތު ލިބެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.