ޝަޝީ ތަރޫރު-- ފޮޓޯ: މިންޓް
ހަބަރު
15 Jan 2024 | 14:03
ރާއްޖެ އާއި ޗައިނާ އާއި ދެމެދު އުފެދެމުން އަންނަ ގާތް ގުޅުމަށް އިންޑިއާއިން ސަމާލު ވާން ޖެހޭ: ސަޝީ ތަރޫރު

ރާއްޖެ އާއި ޗައިނާ އާއި ދެމެދު އުފެދެމުން އަންނަ ގާތް ގުޅުމަށް އިންޑިއާއިން ސަމާލު ވާން ޖެހޭ ކަމަށް އިންޑިއާގެ އެމްޕީ ޝަޝީ ތަރޫރު ވިދާޅުވެއްޖެއެވެ.

ޝަޝީ ތަރޫރު މިފަދައިން ވިދާޅުވީ އިންޑިއާގެ 'ތޫގްލަކް' މަޖައްލާގެ 54 ވަނަ އަހަރީ ދުވަހު ދިން ބަސްދީގަތުމެއްގައެވެ. މިގޮތުން އޭނާ ވިދާޅުވީ ޗައިނާއިން މަސައްކަތް ކުރަނީ މުޅި ރާއްޖޭގައި އެގައުމުގެ ނުފޫޒު ފޯރު ވުމަށް ކަމަށެވެ. 

"ރާއްޖޭގެ ސަރުކާރުން ޗައިނާ އާއި އެކު އުފައްދަމުންދާ ގާތްގުޅުން ވަރަށް ފަރުވާތެރި ކަމާއި އެކު ބަލަން ޖެހޭ"

އޭނާ ވިދާޅުވި އެވެ.

ޝަޝީ ތަތޫރު ވިދާޅުވީ، ޗައިނާއިން މުޅި ސަރަހައްދަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ. އަދި މި ނުފޫޒު އިންޑިއާއާއި އަވައްޓެރި ކޮންމެ ގައުމެއްގައިވެސް، އެއްވެސް މީހަކު އިސްތިސްނާ ވުމެއްނެތި އިތުރުވަމުން އަންނަ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިކަމަށް އިންޑިއާއިން ސަމާލުވާން ޖެހޭ ކަމަށާއި އެ ގައުމުގެ ސަރުކާރަށް މިކަމުގައި ހުރި ނުރައްކާތެރިކަން އެނގެން ޖެހޭނެ ކަމަށެވެ.

އިންޑިއާ އާއި އެކު ގުޅުން ބަދަހި ކުރި ފަދައިން ރާއްޖެއަށް ވެސް އެހެން ގައުމު ތަކާއި އެކު ގުޅުން ބަދަހި ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ނަމަވެސް މިކަމުގެ ނަތީޖާއެއްގެ ސަބަބުން ނުކުންނަ ބައެއް ކަންތައްތަކަކީ އިންޑިއާގެ މަސްލަހަތު ގެއްލޭ ކަމެއް ނަމަ އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ދާދި ފަހުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީޕަށް ވަޑައިގެން އެ ތަނުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރި ވީޑިއޯ އަކަށް ރާއްޖޭގެ ތިން ޑެޕިއުޓި މިނިސްޓަރަަކު ފާޑު ކިޔުމާއި ގުޅިގެން ދެގައުމުގެ ދެމެދުގައި ބަދަލު ކުރެވުނު ހޫނު ބަހުގެ ހަމަލާތަކަށް އިޝާރާތް ކުރައްވާ ވިދާޅުވީ ދެގައުމުގެ ޚާރިޖީ ސިޔާސަތާއި ބެހޭގޮތުން ސޯޝަލް މީޑިއާ ތެރޭގައި މަޝްވަރާކުރަން ނުޖެހޭ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ސޯޝަލް މީޑިއާ އިން ހައްލު ކުރުމަށް ވުރެ ހަރުދަނާ ހައްލެއް އޮންނަން ޖެހޭނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މި މައްސަލައާއި ގުޅިގެން ދެ ގައުމުގެ އެކްޓިވިސްޓުންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާ ތަކެއް ބަދަލު ކޮށްފައިވާރު އެގައުމުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ވެސް ގޮވާލާފައެވެ. އަދި އިންޑިއާގެ ބަޔަކު ވަނީ ދިވެހި ރާއްޖޭގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް ސަރުކާރަށް އިންޒާރު ވެސް ދީފައެވެ.

ސަރުކާރުން ވަނީ މި މައްސަލައިގައި ޝާމިލްވާ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ސަސްޕެންޑްކޮށްފަ އެވެ. އަދި ސަރުކާރުން ވަނީ މިކަމާއި ގުޅޭގޮތުން ބަޔާނެއް ނެރެ މިކަން ހަރުކަށި އިބާރާތުން ކުށްވެރި ވެސް ކޮށްފައެވެ. 

ދެގައުމުގެ ދެމެދުގައި މަޝްރަހު ހޫނު ވެފައިވާ ދަނޑިވަޅެއްގައި ރައީސް ޑރ.މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން ވަނީ އިންޑިއާއިން ދެކޭ ގޮތަށް ރާއްޖެ އަކީ އެއްވެސް ބައެއްގެ ބެކްޔާޑު ނޫން ކަމަށާއި، ރާއްޖެ ކުޑަޔަސް ބްލީ ކުރުމުގެ ހައްގު ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ތިބި ސިފައިން މާޗު މަހުގެ 15 ގެ ކުރިން ގެންދިޔުމަށްވެސް އެމަނިކުފާނު ވަނީ އެދިފައެވެ.

މި ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް އިއްޔެ އިންޑިއާ އާއި ރާއްޖޭގެ ޓީމެއް އެކުލެވޭ ހައި ލެވެލް ކޮމިޓީގެ މީޓިން އެއް ބާއްވާފައިވާއިރު މި މީޓިންގައި މި ޤައުމުގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އިންޑިޔާއިން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށާއި ގުޅުން އިތުރަށް ބަދަހި ކުރުމަށް ބޭނުންވާކަން، ދެ ގައުމުން ވެސް މި ބައްދަލުވުމުގައި ހާމަކޮށްފައިވާ ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.