ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް ޝަހްމީދް އަބްދުالله-- ފޮޓޯ/ ވޮއިސް
ހަބަރު
15 Jan 2024 | 14:55
މި ސަރުކާރުގެ އިގްތިޞާދީ ފިޔަވަޅު ތަކުގެ ސަބަބުން، ދުރު މުސްތަގުބަލް އުޖާލާވާތަން ފެނޭ: ވިޔަފާރިވެރިންގެ ޖަމިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު އިޤްތިސާދީ ގޮތުން އަޅަމުންދާ ފިޔަވަޅު ތަކުން ރާއްޖޭގެ މުސްތަގްބަލް އުޖާލާވާތަން ފެންނަ ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިއަދު ވިދާޅުވެއްޖެއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ރައިސް ޝަހްމީދް އަބްދުالله ވިދާޅުވީ ރައީސް މުއިއްޒުގެ ގެންގުޅުއްވާ އިގްތިޞާދީ ސިޔާސަތު ތަކާއި މެދު އެ ޖަމިއްޔާއިން ހިތް ހަމަޖެހޭ ކަމަށެވެ. 

"އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތައް އަޅުގަނޑުމެން ހިތްހަމަޖެހޭ. ސަރުކާރުން ނަންގަވަމުންދާ ފިޔަވަޅުތަކަކީ ގައުމުގެ މުސްތަޤުބަލަށް ވަރަށް މުހިންމު އަދި ގައުމުގެ އިގްތިސާދު އުޖާލާވާނެ ފިޔަވަޅުތަކެއް. އެންމެފަހުން ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން."

ޝަހްމީދް އަބްދުالله

މިއާއެކު ޝަހްމީދް ވިދާޅުވީ 2026 ވަނަ އަހަރަކީ ދިވެހިރާއްޖެއަށް ދަތިއުދަނގޫ އަހަރަކަށް ވެގެން ދާނެ ކަމަށެވެ. އަދި އެކަމާއިމެދު ސަރުކާރުންވެސް ވިސްނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު މި ނަގަމުންދާ އިގްތިސާދީ ފިޔަވަޅު ތަކުގެ ސަބަބުން ދުރު މުސްތަގްބަލްގެ އުޖާލާކަން އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ.

ޝަހްމީދް އަބްދުالله

ޝަމްހީދު އިތުރަށް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި، ޢާއްމުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ޑޮލަރުގެ ތާށިކަން ކަމަށެވެ. އެގޮތުން އޭނާ ވަނީ ޑޮލަރުގެ އަގު އުފުލެމުންދާ ދިޔުމާއި، އެއާއެކު ތަކެތީގެ އަގަށް އަންނަ ބަދަލު ފާހަގަކުރައްވާފައެވެ.

ޝަމްހީދު ވިދާޅުވީ، މިހާރު ސަރުކާރުން ނަގަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދު އިތުރަށް ހަރުދަނާވެ، ޑޮލަރުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓި، އާންމު ރައްޔިތުންނަށް ހަމައަގެއްގައި މުދާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއަކީ 1989 ގައި އުފެދި 1994 ގައި ވުޖޫދަށް އައި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ޒަމާނުއްސުރެ ރާއްޖޭގެ އެތައް މަޤްސަދެއްގެ ސޯޝަލް އިކޮނޮމީގެ ބައިވަރު އޮބްޖެކްޓިވްސް ތަކެއް ހާސިލްކުރަން މަސައްކަތްކުރާ ޖަމިއްޔާއެކެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.