ކުޅުންތެރިންނަށް ފަރުވާދޭނެ މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީގެ ހިދުމަތް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
16 Jan 2024 | 10:18
ގައުމީ އެތުލީޓުންނަށް ހަފްތާއަކު 3 ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތް ހަދައިފި

ގައުމީ ފެންވަރުގައި ކުޅިވަރުތައް ކުޅޭ އެތުލީޓުންނަށް ހަފްތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތް ހަދައިފިއެވެ.

މިކަން އިއުލާން ކުރެއްވީ، ކުޅުންތެރިންނަށް ފަރުވާދޭނެ މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީގެ ހިދުމަތް ސޯޝަލް ސެންޓަރުގައި ގާއިމްކޮށް އެތަން އިފްތިތާހުކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުالله ރާފިއުއެވެ. 

ވަޒީރު ރާފިޢު ވިދާޅުވީ، ރޭ އިފްތިތާހު ކުރެވުނު މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީ އާއި އެކު ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަށް ސަރުކާރުން ވީ ވައުދު ފުދިގެން ގޮސްފައިވާ ކަމަށެވެ.

ރާފިއު އިތުރަށް ވިދާޅުވީ ކުޅިވަރު ކުޅޭ ސްޓޭޑިއަމް ތަކުގައި މެޑިކަލް ރޫމް ހެދި އެ ތަންތަނުގައި ބޭނުންވާ އާލާތްތައް މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށާއި އަދި އެ ފެސިލިޓީތަކަަށް ބޭނުންވާ ފަސްޓް އެއިޑުން ތަމްރީން ކުރެވި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން އެކަން ހަމަޖެހިފައިވާ ކަމަށެވެ.

ކުޅުންތެރިންނަށް ފަރުވާދޭނެ މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީގެ ހިދުމަތް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ރާފިޢު ވާހަކަ ދައްކަވަނީ--ފޮޓޯ/ ރައީސް އޮފީސް 

"މީގެއިތުރުން ތިޔަ އެތުލީޓުން ހަފްތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތް ވެސް މާދަމާ އިން ފެށިގެން ހަމަޖެހިގެން ދާނެ. އަދި މިކަން ކުރުމަށްޓަކައި ހާއްސަ ވެބްސައިޓެއް ވެސް މާދަމާ އިން ފެށިގެން އިފްތިތާހުވެގެން ދާނެ. އިރާދަކުރެއްވިޔާ ތިކުދިންނަށް ތެރަޕީ ހެދުމަށްޓަކައި އެޕްލިކޭޝަން އެއްވެސް މިހަފްތާ ތެރޭގައި އޮލިމްޕިކް ކޮމިޓީން އިންޓްރޮޑިޔުސް ކޮށްގެން، އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމުގެ ކަންތައްވެސް ކުރިއަށްދާނެ" 

މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުالله ރާފިޢު

ރާފިއު ވިދާޅުވި ގޮތުގައި މި އަސާސީ ހިދުމަތަކީ ކުޅިވަރު ކުޅޭ އެތުލީޓުންގެ ބޭނުންތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އަލިގަދަ ހެއްކެކެވެ.

"މިއަދު މި އިފްތިތާހު ކުރެވުނު ހިދުމަތަކީ ކުޅިވަރުގެ ދާއިރާގައި އަޅާނުލެވި އެހެންނަމަވެސް އެކަމަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ހިދުމަތެއް. މި ހިދުމަތުގެ ސަބަބުން ބޮޑު އިންގިލާބީ ބަދަލެއް ހަމަ ޔަގީނުން ވެސް ކުޅިވަރުގެ މި ދާއިރާ އަށް ފެނިގެންދާނެ. ދަނޑުގައި އެތުލީޓުންނަށް ކުރިމަތިވާ އަނިޔާތަކަށް އެދެވޭ ފަރުވާ ދިނުމަކީ ގައުމީ ފެންވަރުގައި އެ ކުދިންނަށް ލިބޭ ހިދުމަތެއް ކަމުގައި އަޅުގަނޑު ގަބޫލު ކުރަން،" .

މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުالله ރާފިޢު 

ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ މެޑިކަލް ރޫމް، ދަށްވެގެން ވަކި ޞިއްޙީ މިންގަނޑެއްގައި ޤާއިމުކޮށްފައި ހުންނަންޖެހެއެވެ. ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމްކުރާ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ވަޞީލަތްތައް ޤާއިމުކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ކުޅުންތެރިއަކަށް، އޮފިޝަލަކަށް ނުވަތަ ބެލުންތެރިއަކަށް ޞިއްޙީ ފުރަތަމަ އެހީ ދޭންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެހީތެރިވެދޭނެ އިންތިޒާމުހަމަޖެހިފައިވާކަން ކަށަވަރުކުރުން ހިމެނެއެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަވަސްފަރުވާ ދިނުމާއި ވީއެންމެ އަވަސް ފުރުޞަތެއްގައި ރައްކާތެރިކަމާއެކު ޞިއްޙީ ފަރުވާދޭ ހޮސްޕިޓަލަކަށް ނުވަތަ އިމަރޖެންސީ ފަރުވާދޭ ތަނަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުން މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ކުޅިވަރު ކުރިއެރުވުމާއި ކުޅުންތެރިންނަށް ބޭނުންވާ ޞިއްޙީ ފަރުވާ އަދި ފިޓްނަސްއާ ގުޅޭކަންކަން ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.

އެގޮތުން ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްޙީ ޚިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަކީ ސަރުކާރުގެ ހަފްތާ 14ގައި ހިމެނޭކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.