ދިއްދޫ މުޒާހަރާގެ ތެރެއިން--
ހަބަރު
16 Jan 2024 | 13:08
ޕްރޮޖެކްޓް ނުހިނގާ، މުސާރަ ހިނގާ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އާ ނުކުރުމުން އިހްތިޖާޖު ކުރަނީ!

ހއ. ދިއްދޫގައި ފެނަކައަށް ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ މުވައްޒަފުން ތަކެއްގެ ކޮންޓްރެކްޓް އައު ނުކުރުމުން އެކަމާއި ނުރުހުން ފާޅުކޮށް އިހްތިޖާޖަށް ނުކުމެއްޖެއެވެ. 

މިއަދު ހެނދުނުން ފެށިގެން އެ މުވައްޒަފުން އިހްތިޖާޖު ކުރަމުންދާއިރު, އެ އިހްތިޖާޖު ގެ ބައިވެރިންވެސް ވަނީ، އެމީހުންގެ ވަޒީފާ ގެއްލުނީ ކޮންޓްރެކްޓް މުއްދަތު ހަމަވުމުން ކަމަށް ބުނެފައެވެ. އެމީހުންގެ ޑިމާންޑަކީ، ކޮންޓްރެކްޓް އަލުން އައުކޮށް އިތުރު ތިން މަސް ދުވަހަށް ދަންމާލުމެވެ. 

މިކަމާއި ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މުވައްޒަފުން ވަކިކުރީ ކޮންޓްރެކްޓު ހަމަވުމުން ކަމަށާއި އެ މުވައްޒަފުންނަކީ ފެނަކަ ކޯޕަރޭޝަންގެ ދިއްދޫ އާ އިންޖީނުގެ އެޅުމަށް ނަގާފައި ތިބި މުވައްޒަފުންތަކެއް ކަމަށެވެ.

މުއާޒް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތަށް 70 މުވައްޒަފުން ނަގާފައިވާއިރު، 23,000,000 އަށްވުރެ ގިނަ ރުފިޔާ އަރާކަމަށެވެ. 

އަދި އެ ޕްރޮޖެކްޓް ގެ މަސައްކަތް މިވަގުތު ހުއްޓިފައިވާ ކަމަށާ، މަސައްކަތް ކުރިއަށް ނުދިޔަ އިރުވެސް އެ މުވައްޒަފުންނަށް މުސާރަ ދެވިފައިވާ ކަން މުއާޒު ފާހަގަކުރެއްވި އެވެ. ނަމަވެސް ޕްރޮޖެކްޓް ނުހިނގާ އިރު، ކޮންޓްރެކްޓް އައުކޮށްގެން މުވައްޒަފުން ބެއިތިއްބުމަށް ކުންފުނީގެ ހާލަތު ތަން ނުދޭ ކަމަށްވެސް ވިދާޅުވި އެވެ. 

މީގެ އިތުރުން ވޮއިސް އަށް މައުލޫމާތު ދެއްވަމުން މުއާޒު ވަނީ ގޮތުގައި ކޮންޓްރެކްޓު ހަމަވެގެން ފެނަކައިން 904 މުވައްޒަފުން ދޫކޮށްލަން ޖެހުނުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ވެސް 5.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނުކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ފެނަކަ ކުންފުނީގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާއިރު، މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އެކަނިވެސް 79 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ. 

މުއާޒު ކުންފުންޏާއި ހަވާލުވުމަށްފަހު، ވަނީ ކޮންޓްރެކްޓް ހަމަވެފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ އުސޫލަށް ބަދަލުގެނެސްފަ އެވެ. އެގޮތުން މަސައްކަތެއް ނެތް ކޮންޓްރެކްޓު މުވައްޒަފުންގެ މުސާރަ އާކޮށްނުދިނުމަށް މުއާޒު ވަނީ ނިންމަވާފަ އެވެ. 

އޭގެ އިތުރުން ވެސް ކުންފުނީގެ ހިންގުން ހަރަދަނާކޮށް، ކުންފުނި އަރަނިވެރި ކުރުމަށް ކުރެވެން އޮތް މަސައްކަތްތައް ކުރައްވާނެކަމަށް މުއާޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ