ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު ޢަލީ އިހްސާން-- ފޮޓޯ/ ދެން
ހަބަރު
16 Jan 2024 | 13:47
ސީރިއާ އަށް ހަނގުރާމައަށް ގޮސް ހާލުގައި ޖެހިފައިތިބި 21 ދިވެހިން ރާއްޖެ ގެނެސްފި!

ސިރިޔާއަށް ހަނގުރާމައަށް ގޮސް، ހާލުގައި ޖެހިފައި ތިބި، 21 ދިވެހިން މިއަދު ރާއްޖެއަށް ގެނެސްފިއެވެ. 

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ޢަލީ އިހްސާން ވިދާޅުވީ، ސިރިޔާ އަދި ތުރުކީ ގުޅޭ ބޯޑަރުގައި ދިވެހި 5 ޢާއިލާއެއް ހާލުގައި ޖެހިފައިވާ ކަމަށާށ އެމީހުން ރާއްޖެ އަންނަން ބޭނުންވާ ކަމުގެ މަޢުލޫމާތު ދިވެހި ސަރުކާރަށާއި އެ ވުޒާރާއަށްވެސް މަޢުލޫމާތު ލިބުނު ކަމަށެވެ. 

އަދި އެ ޢާއިލާ ތަކުގެ ތެރޭގައި ހިމެނެނީ 5 އަންހެނުންނާއި، 1 ފިރިހެނަކާއި، 18 އަހަރު ނުފުރޭ 15 ކުޑަކުދިންކަމަށެވެ. 

އިހްސާން ވިދާޅުވީ، އެމީހުން ރާއްޖެ އަންނަން ބޭނުންވާ ކަމުގެ މަޢުލޫމާތު ލިބުމާއި އެކު، އެމީހުންނަކީ ދިވެހިންކަން ކަށަވަރު ކުރުމުގެ މަސައްކަތް ދިވެހި ފުލުހުންނާއި، ނެޝަނަލް ރީ އިންޓެގްރޭޝަން ކޮމިޝަނާއި ގުޅިގެން ފެއްޓެވި ކަމަށާ، އެ މަސައްކަތް ކުރެވެމުންދިޔަ، ދިވެހި ފުލުހުންގެ ޓީމުން، އެތައް ފަހަރެއްގެ މަތީން، އެ ސަރަހައްދަށް ގޮސް، އެ އާއިލާ ތަކުގެ ހާލު ބަލައި އެސެސްމެންޓް ތައް ހަދާފައިވާ ކަމަށެވެ. 

އަދި އެމީހުންނަކީ ދިވެހިންކަން ކަށަވަރު ކުރުމަށް ޑީއެންއޭ ޓެސްޓް ހަދައި، އެ އެންމެންނަކީވެސް ދިވެހިން ކަން ކަށަވަރު ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭގެ ތެރޭގައި ހިމެނެނީ 21 މީހެއް 5 ޢާއިލާއަކަށް ނިސްބަތްވާ. އޭގެ ތެރޭގައި 15 ކުޑަކުދިންނާއި، އަދި 6 ބޮޑެތި މީހުން ހިމެނޭ. އެ ހަ މީހުންގެ ތެރެއިން 5 މީހުންނަކީ އަންހެނުން. ދެން ފިރިހެނެއް. 18 އަހަރު ނުފުރޭ ހުރިހ ތުއްތު ކުދިންވެސް ނިސްބަތްވަނީ މި ފަސް އަންހެނުންނަށް. މީގެ ތެރެއިން، ޑީއެންއޭގެ ޒަރީޢާއިން އަޅުގަނޑުމެންނަށް ކަށަވަރު ކުރެވުނު، މި ފަސް ކުދިންގެ މަންމައިންނަކީ އެ ފަސް ބޭފުޅުން ކަން. 

މިނިސްޓަރު ޢަލީ އިހްސާން

މިއާއެކު އިހްސާން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒު އެންމެ ފުރަތަަމަ ތުރުކިޔޭ އަށް ކުރެއްވި ދަތުރުފުޅުގައި، އެ ދިވެހިން އަވަހަށް ރާއްޖެ ގެނައުމުގެ މަޝްވަރާތައް ތުރުކީއާ އެކު ކުރެވިފައިވާ ކަމަށެވެ. 

އަދި ރާއީސްގެ ޚާއްސަ އިރުޝާދުތަކާއިއެކުގައި، އަޅުގަނޑުމެން މިކަމަށް ބޭނުންވާ ފަންޑްސް ހޯދާ، ޚާއްސަ ފްލައިޓެއް، 14 ޖަނަވަރީވީ ދުވަހު ވަނީ މާލެއިން 15 މީހުންނާއެކު މި މީހުން ބަލާ ތުރުކީގެ ގެޒިއެންޓެޕް އެއާޕޯޓަށް ފޮނުވިފައި. އެ ދަތުރުގައި މެޑިކަލް ޕްރޮފެޝަނަލުންނާއި، ސެކިޔުރިޓީ ބަލަހައްޓާ ބޭފުޅުންނާއި، ސައިކޮލޮޖިކަލް ސަޕޯޓްދޭ ބޭފުޅުންނާއި، ދިވެހި ފުލުހުންގެ އިންޓެލިޖެންސް ގައި މަސައްކަތް ކުރާ ބޭފުޅުންނާއި، އަދި ތަހްގީގު މަސައްކަތް ކުރާ ބޭފުޅުން ހިމެނޭ. އެ ފަނަރަ މީހުން އެކޮޅަށް ގޮސް، އެކޮޅުގެ އިދާރީ ކަންކަން ބަލަހައްޓާ ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން، ރޭގެ ވަގުތެއްގައި އެ 21 މީހުންނާއެކު ފުރައިގެން މާލެ އަަންނަން ދަތުރު ހަދާފައި. މި ފްލައިޓް ވަނީ މިއަދު ހެނދުނު 5:02 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގައި ޖައްސާފައި. 

މިނިސްޓަރު ޢަލީ އިހްސާން

އިހްސާން ވިދާޅުވީ އެ ގެނެވުނު އާއިލާތަކުގެ އެންމެންގެ މެޑިކަލް އެސެސްމެންޓް ހެދުމަށްފަހު، މިހާރު އެމީހުން ވަނީ، ހިންމަފުށީގައި ހުންނަ ނެޝަނަލް ރީ އިންޓެގްރޭޝަން ސެންޓަރަށް ގެންދެވިފައި ކަމަށެވެ. 

މީގެ ކުރިން 2022 ވަނަ އަހަރުވެސް، ސީރިއާއިން ރާއްޖެއަށް ގެނެވުނު ޢާއިލާއެއް ނެޝަނަލް ރީ އިންޓެގްރޭޝަން ސެންޓަރަށް ގެންގޮސް، އެމީހުން ރިހެބިލިޓޭޓް ކޮށް ކާމިޔާބު ކަމާއެކު ރީ އިންޓެގްރޭޓެ ކުރެވި، މިހާރު މުޖުތަމަޢުގައި ދިރިއުޅެމުންދާކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.