ހޯމް މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން--ފޮޓޯ ޕީއެސްއެމް
ހަބަރު
16 Jan 2024 | 14:59
ހަނގުރާމަވެރި ސަރަހައްދުން ގެނެވުނު އެންމެންގެވެސް ވަކިވަކިން އެސެސްމަންޓް ހަދާނަން: އިހްސާން

ސިރިޔާއަށް ހަނގުރާމައަށް ގޮސް، ހާލުގައި ޖެހިފައި ތިއްބާ މިއަދު ރާއްޖެ ގެނެވުނު ހުރިހާ ދިވެހިންގެވެސް، ކޮންމެ މީހެއް ވަކިވަކިން އެސެސްމަންޓް ހަދާނެ ކަމަށް، ދާޚިލީ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެ އެވެ. 

ސީރިޔާއިން ގެނެވުނު ދިވެހިންނާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިހްސާން ވިދާޅުވެފައިވާ ގޮތުގައި، ސިރިޔާ އަދި ތުރުކީ ގުޅޭ ބޯޑަރުގައި ހާލުގައި ޖެހިފައި ތިބި އެ މީހުންގެ ތެރޭގައި ހިމެނެނީ 5 ޢާއިލާއަކަށް ނިސްބަތްވާ 21 މީހުންނެވެ.

އޭގެ ތެރެއިން އެކަކީ ފިރިހެނެއް ކަމަށާ އަނެއް 5 މީހުންނަކީ އަންހެނުން ކަމަށާ، އަދި ދެން ތިބި 15 ދިވެހިންނަކީ 18 އަހަރު ނުފުރޭ ކުޑަކުދިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ 15 ކުދިންނަކީވެސް އެތަނުގައި ތިބި 5 އަންހެނުންގެ ދަރިންކަން ޑީއެންއޭ ޓެސްޓް ހަދައިގެން ކަށަވަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އިހްސާން އިތުރަށް ވިދާޅުވީ، އެ އެންމެންވެސް ރާއްޖެ ގެނެވި, އެންމެންގެ މެޑިކަލް އެސެސްމެންޓް ހެދުމަށްފަހު، މިހާރު އެމީހުން ވަނީ، ހިންމަފުށީގައި ހުންނަ ނެޝަނަލް ރީ އިންޓެގްރޭޝަން ސެންޓަރަށް ގެންދެވިފައިވާ ކަމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ، އެ މަސައްކަތަށް ހާއްސަކޮށް ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މުވައްޒަފުން ކަމަށެވެ. 

ނެޝަނަލް ރީ އިންޓެގްރޭޝަން ސެންޓަރުން ބެލި ބެލުމުން، އެތަނަށް ގެންދެވުނު މީހުންގެ ސިއްހީ ހާލަތު ރަނގަޅުކަން ފާހަގަކުރެއްވައި އިހްސާން ވިދާޅުވީ، ދެން ކުރިއަށް ގެންދަން ނިންމާފައިވަނީ ގެނެވުނު މީހުންގެ އެސެސްމެންޓެއް ކަމަށެވެ. 

މި އެސެސްމަންޓް ތަކުގެ ޒަރީޢާއިން އަޅުގަނޑުމެން ދެނެގަންނާނަން ކޮން ހާލަތެއްގައި ތޯ އެމީހުން ތިބީ. ކޮންމެ ބޭފުޅެއްގެ ވަކިވަކި އެސެސްމެންޓް ހެދޭނެ. ހަދާފައި އެހިސާބުން އަޅުގަނޑުމެންގެ ޕްރޮފެޝަނަލްސް މި ނިންމަކީ ކޮން ކަހަލަ ރިހެބިލިޓޭޝަން ޕްރޮގްރާމެއްތޯ އެ ބޭފުޅަކަށް ގެންދަން ޖެހެނީ. އެހެންވީމާ އެބޭފުޅެއްގެ ހާލަތު ދެނެގަނެފައި، އެ ބޭފުޅެއްގެ ހާލަތާ އެކަށީގެންވާ ރީ ހެބިލިޓޭޝަން ޕްރޮގްރާމެއް ޑިޒައިން ކުރާނެ، ނެޝަނަލް ރީ ރެޖިސްޓްރޭޝަން ސެންޓަރު ގައި ތިއްބަވާ މި ދާއިރާގެ ޕްރޮފެޝަނަލުން. 

ޢަލީ އިހްސާން 

ޝަނަލް ރީ ރެޖިސްޓްރޭޝަން ސެންޓަރު ގައި ތިއްބަވާ މި ދާއިރާގެ ޕްރޮފެޝަނަލުން ތައްޔާރު ކުރާ ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ ރިހެބިލިޓޭޝަން އެންޑް ރީ އިންޓެގްރޭޝަން ކޮމިޓީއަަށް ފޮނުވައި، އެ ކޮމިޓީން ޕްރޮގްރާމް އެޕްރޫވް ކުރުމުން ކަމަށް އިހްސާން ވިދާޅުވިއެވެ. 

އަދި އެ ޕްރޮގްރާމް ތެރެއިން އެކި ހިސާބުތަކުގައި އެކި އެސެސްމެންޓްތައް ހެދޭނެ ކަމަށާ، އެ އެސެސްމަންޓްތައް ބަލައި، އެ މީހުންނަކީ، ދިވެހި މުޖުތަމަޢުގައި އާއްމު ހާލަތުގައި ދިރިއުޅެވޭނެ މީހެއްކަން ކަށަވަރު ކުރުމަށްފަހު، މުޖުތަމަޢުއަަށް ރީ އިންޓެގްރޭޓެ ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އިހްސާން އިތުރަށް ވިދާޅުވީ، މީގެ ކުރިން 2022 ވަނަ އަހަރު ރާއްޖެ ގެނެވުނު ޢާއިލާގެ އެ މަރުހަލާތައް ނިމެން 1 އަހަރާއީ 1 މަސްދުވަސް ނެގިކަމަށެވެ. އަދި އެގޮތުން ގެނެވޭ މީހުން ހުރިހާ  މަރުހަލާ ނިމޭ މުއްދަތު ކަނޑައެޅޭނީ އެމީހުންގެ ހާލަތަށް ބަލާފައި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.