ބިލެތްފަލީ އާސާރު ހުޅުވާމަންޒަރު--ފޮޓޯ : ބިލެތްފަހީ ކައުންސިލްގެ އިދާރާ
ހަބަރު
16 Jan 2024 | 21:05
ށ.ބިލެތްފަހީގައި ރަށު އާސާރެއް ހުޅުވައިފި!

ށ އަތޮޅު ބިލެތްފާހީގައި ރަށު އާސާރެއް ހުޅުވައިފިއެވެ. 

ބިލެއްފަހީ އާސާރު ހުޅުވާފައި ވަނީ އިއްޔެ ހަވީރު 4:15 އެކަމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ސިއްރު ފެންފުށި ރިސޯޓުގެ މެނޭޖުމަންޓުގެ ބޭފުޅުންނާއި "އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުން" ފޮތުގެ ލިޔުންތެރިޔާ، ށ.ކަނޑިތީމް، ހަސަން ޒަރީރެވެ.

ބިލެތްފަހީގެ ޒުވާނެއް ކަމަށްވާ އަލީ ސާމިރުގެ އިސްނެގުމާއެކު، އޭނާ އެ ރަށު ކައުންސިލާއި، ރަށުގެ ޒުވާނުންނާއެކު އެ ރަށު އާސާރެއް ހުޅުވުމަށް ކުރެއްވި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ރަށަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމާއި ރަށު ކައުންސިލަށް ލިބޭ އާމްދަނީ އިތުރުކޮށް ރަށުގެ މަގްބޫލުކަން ރާއްޖޭގައި އިތުރު ކުރުން ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. 

މިއާސަރުގައި ކުރީޒަމާނު އެ ރަށުގައި ބޭނުން ކޮއްފައި ހުރި ޒަމާންވީ ވަސީލަތްތަކާއި، ބިލެތްފަހި އެކަމަކަށް މަޝްހޫރު ކިއްސަރު ވަޑާން ކުރަން ބޭނުން ކުރާ އާލާތްތަކުގެ ތެރޭގައި ހިމެނޭ، އަތު ރޮނދާ، ބޮޑު މުގުރު ފަދަ ތަކެތި ވަނީ ބަހަށްޓާފައެވެ. މީގެ އިތުރުން ކުރީގައި ރަށު އޮފީހުގައި ބޭނުން ކުރި ޓައިޕް ރައިޓަރު، ސަންގު ކަހަލަ ތަކެތި ވަނީ ބަހަށްޓާފައެވެ.

މި އާސާރުގައި އެންމެ އިހުގެ، ރަށު އޮފީހުގެ އިދާރީ ލިޔެކިޔުންތައް، އަދު ވެރިކަން ކުރެއްވި ބޭފުޅުން ގެންގުޅުއްވި ފޮތް ތައްވެސް ވަނީ ބަހަށްޓާފައެވެ. އަދި 1300 ގެ އަހަރު ތަކުގައި ބޭނުންކުރި މައުލޫދު ފޮތްތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން، މި އާސާރުން ސްކޫލް ދަރިވަރުންނަށް ވަރަށް ބޭނުން ހިފޭނެ ކުރީގެ މުހިންމު މައުލޫމާތު ތަކާއި، އިހުޒަމާނުގައި މީހުން ގެންގުޅުނު އާލާތްތަކުގެ މައުލޫމާތު ވެސް ލިބެން ހުރެއެވެ

މި އާސާރު ބަލާލުމަށް އެދޭ ކޮންމެ މީހެއްގެ އަތުން ފީގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ރަށު ކައުންސިލަށް ދެއްކާ ގޮތަށް ހަމަ ޖެހިފައިވާ ކަމަށްވެސް އެ ރަށުން ވޮއިސް އަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.