މިނިސްޓަރ އާދަމް ޝަރީފް
ހަބަރު
21 Jan 2024 | 14:31
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ، މޯލްޑިވިއަންގެ ފްލައިޓުން އެމެޖެންސީގައި 3 މީހުން އުފުލާފައިވޭ: ޝަރީފް

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، މޯލްޑިވިއަންގެ ޗާޓަރ ފްލައިޓުން، އެމެޖެންސީގައި 3 ބަލިމީހުން އުފުލާފައިވާ ކަމަށް، ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ. 

ޝަރީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭ ހިނގައިދިޔަ އެކްސިޑެންޓެއްގައި އަނިޔާވި މީހާ، މާލެ ގެނައުމަށްޓަކައި، ރޭ ދަންވަރު 1:30ގައި ފުރަން ތައްޔާރު ކޮށްފައިވާ ކަމަށެވެ.

އެމީހާގެ އެކްސިޑެންޓް ހިނގި ކަމަށް ފުލުހުންނަށް ރިޕޯޓް ކުރީ ރޭ 22:15 ގައި ކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ. 

ޝަރީފް އިތުރަށް ވިދާޅުވީ އެމީހާ ހިމެނޭހެން ފާއިތުވެގެންދިޔަ 24 ގަޑިއިރު ތެރޭ އެފަދައިން އެމެޖެންސީގައި މޯލްޑިވިއަންގެ ތިންވަނަ ފްލައިޓަކުން ބަލިމީހުން އުފުލާފައިވާ ކަމަށެވެ. 

މިނިސްޓަރ ޝަރީފް މިފަދައިން ވިދާޅުވެފައި ވާއިރު،  ގއ. ވިލިނގިލީ، ޕެންޒީއާގޭ، ޢުމުރުން 13 އަހަރުގެ މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ހާދިސާއާއި ގުޅިގެން މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ކުއްލި ފަރުވާއަށް ބަލިމީހުން ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ. 

އެގޮތުން ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެމަގުން ބަލިމީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ، އެދިވަޑައިގެންފައެވެ. އަދި ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް އައިލެންޑް އޭވިއޭޝަނުން ކަނޑައަޅައި އެގޮތަށް އަބަދުވެސް ޢަމަލުކުރަމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.