މޯލްޑިވިއަނުން އަލަށް ގެނައުމަށް ހަމަޖެހިފައިވާ ފްލައިޓް ފްރާންސް ގައި-- ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް
ހަބަރު
21 Jan 2024 | 15:42
މޯލްޑިވިއަންގެ އާ ބޯޓު، ފެބްރުއަރީ މަހު ރާއްޖެ ގެންނާނެ

މޯލްޑިވިއަންގެ އެ އެއާލައިން އިން ގެނައުމަށް ނިންމާފައިވާ ހަތަރުވަނަ އޭޓީއާރު މަރުކާގެ ފްލައިޓް ފްރާންސްގައި ޓެސްޓް ފްލައިޓްތައް ކުރިއަށް ގެންދަން ފަށައިފިއެވެ.

އޭވިއޭޝަން ހަބަރުތައް ގެނެސްދޭ "އޭވިއޭޓާސް މޯލްޑިވްސް" އިން މި ބޯޓުގެ ފޮޓޯއެއް އެކްސްގައި ހިއްސާކުރަމުން ބުނީ މި ފްލައިޓް ފްރާންސްގެ ޓޫލޫސްގައި ޓެސްޓް ފްލައިޓްތައް ކުރިއަށް ގެންދާކަމަށާއި މި ފްލައިޓް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެކަމަށް މޯލްޑިވިއަން އިން ލަފާކުރާ ކަމަށެވެ.

މޯލްޑިވިއަން އިން ހިދުމަތް ދިނުމަށް ގެންނަ މި ބޯޓަކީ އެ އެއާލައިނުން ގެންނަ އޭޓީއާރު މަރުކާގެ ހަތަރު ވަނަ ބޯޓެވެ. އަލަށް ގެނައުމަށް ހަމަޖެހިފައިވާ އޭޓީއާރު 42-600 މަރުކާގެ ބޯޓުގެ އިތުރުން މިހާރުވެސް އެ މަރުކާގެ ބޯޓެއް އެ އެއާލައިނުގައި އެބައޮތެވެ. މި ދެބޯޓުގެ އިތުރުން މޯލްޑިވިއަނުން އަންނަނީ އޭޓީއާރު 72-600 މަރުކާގެ ދެ ބޯޓު ވެސް ބޭނުން ކުރަމުންނެވެ.

ފްލީޓް ޓްރާންސިޝަންގެ ދަށުން މޯލްޑިވިއަން އިން ޑޭޝް8އެސްގެ މުޅި ފްލީޓްގެ ބަދަލުގައި އާ އޭޓީއާރު ފްލައިޓް ތަކެއް ގެންނަން ނިންމާ، 2025 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 8 އޭޓީއާރު ގެނައުމަށް މޯލްޑިވިއަނުން އަމާޒު ވަނީ އަމާޒު ހިފާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.