ރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން-- ފޮޓޯ/ތޭރަ އޮންލައިން
ހަބަރު
23 Jan 2024 | 12:08
ރައީސް ޔާމީން ސަރުކާރަށް: ކުރަނީ ޚަރަދު، އާމްދަނީ ލިބޭނެ ގޮތްތަކެއް އަދިވެސް ނުފެނޭ

ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތްއިރު އާމްދަނީ އިތުރުކުރުމުގެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ނުގެންދާ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރޭ ނުރުހުން ފާޅުކުރައްވައިފިއެވެ.

ރޭ ރައީސް ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް، ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދެއްކެވި ބޭބޭފުޅުންނާ އަމާޒު ކުރައްވައި އެމަނިކުފާނު ވަނީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު ސަރުކާރުން އިއުލާން ކުރަމުންދާ ކަންކަމުން ފެންނަމުންދަނީ ޚަރަދުތައް އިތުރުވާތަންކަން ފާހަގަކުރައްވާފައެވެ.  

"މިސަރުކާރުގެ މި ކުރައްވާ ކަންތައްތަކާއި، އިއުލާން ކުރައްވާ ކަންތައްތަކުން، ހައްތަހާވެސް މިފެންނަނީ، ދެން ހަމަ ރައްޔިތުންގެ ހެވާ ލާބައަށް ކުރާ ކަންކަން، އެއަކާ އަޅުގަނޑު ޑައުޓު ކުރަނީއެއް ނޫން. އެހެންނަމަވެސް ހައްތަހައި ވެސް މި ފެންނަނީ ޚަރަދު، ޚަރަދު، ޚަރަދު،" 

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް 

މިއާއެކު ރައީސް ޔާމީން ވިދާޅުވީ، ނިމުނު އެމްޑީޕީ ސަރުކާރުން އިންޑިއާއިން އެކަނި ވެސް 3،000 މިލިއަން އެމެރިކާ ޑޮލަރާ ގާތްކުރާ އަދަދަކަށް ދަރަނި ނަގާފައިވާ ކަމަށެވެ. އެ ފައިސާ ދައްކަން އާމްދަނީ ލިބޭ މަޝްރޫޢުތައް ހިންގުމުގެ ބަދަލުގައި މި ސަރުކާރުން ވެސް ހައްތަހައި ޚަރަދު ބޮޑުކުރަނީ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

ކަންމިހެން ހުރިއިރު، ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު އެ މަނިކުފާނުގެ ސަރުކާރުން ފެއްޓި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ނިންމައިނުލެވޭކަމަށާ، އާމްދަނީއެއް ލިބޭނެ ކަމެއްގެ ވާހަކަ ސަރުކާރަށް ނުދެއްކޭ ކަމަށް އެމާނިކުފާނު ވިދާޅުވިއެވެ. 

"މި ސަރުކާރުގެ އެއްވެސް ވަޒީރަކު ނޫނިއްޔާ މި ސަރުކާރުގެ އެހެން ވެސް މަސްއޫލުވެރި ބޭފުޅަކު މިވެނި މިވެނި ކަންތައްތަކަކުން އިގުތިސާދީ އާމްދަނީ ހޯދާނެ މިވެނި މިވެނި މަޝްރޫއުތައް މި ފަށަނީއޭ. މީގެ ނަތީޖާ މިވެނި ދުވަހެއްގައި ފެންނާނޭ ވިދާޅުވާތަނެއް އަޅުގަނޑަކަށް ނުފެނޭ،" 

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް 

އެހެންކަމުން، ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސޭނެތޯ ރައީސް ޔާމީން ވަނީ ސުވާލުކުރައްވާފައެވެ. 

"އަޅުގަނޑުމެންނަށް ސަސްޓެއިން ކުރެވޭނެ ހެއްޔޭ މިހެން ހަމަ؟ ޚަރަދު ކުރަމުން ކުރަމުންނޭ މި ދަނީ އަދިވެސް. އެކަމު އާމްދަނީ ލިބޭނެ ގޮތްތަކެއް އަދިވެސް އަޅުގަނޑުމެންނަކަށް ނުފެނޭ،"

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް 

ރައީސް ޔާމީން ވިދާޅުވީ، މާރިޗުމަހުގެ ތެރޭގައި އައިއެމްއެފްގެ ބޭފުޅުން ރާއްޖެއަށް އަންނައިރު، މިދިޔަ ފަސް އަހަރުގެ ބޮޑު ދަރަނީގެ ތެރެއަށް މިސަރުކާރުން ހިންގަމުންދާ މަޝްރޫއުގެ ދަރަނިތައް ވެސް އެއްވަމުން އަންނަ ކަމަށެވެ. 

ވުމާއެކު އާމްދަނީގެ އެއްވެސް މަޝްރޫއެއް ނުފެންނާތީ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.