ފުވައްމުލަކު ސިޓީ-- ފޮޓޯ: އެޑިޝަން އެމްވީ
ހަބަރު
23 Jan 2024 | 15:05
ފުވައްމުލަކު ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އައު ޖަނަރޭޓަރެއް ހޯދަނީ

ފުވައްމުލަކު ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އިންޖީނެއް ހަލާކުވުމުގެ ސަބަބުން މުޅި ރަށުގެ ލޯޑު ހިފެހެއްޓޭ ވަރަށް ވުރެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ މިވަގުތަށް ދަށްވެފައި ވުމާއި ގުޅިގެން މިމައްސަލަ ހައްލު ކުރުމަށް އައު ޖެނަރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފުވައްމުލަކުން ކަރަންޓު ކެނޑުމާއި ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކުން އެންމެ މަތީ ލޯޑެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 4850 ކަމަށާއި އެވަރެޖް އެންމެ މަތީ ލޯޑް އަކީ 4050 ކަމަށެވެ.

މި ރަށަށް ކަރަންޓު ފޯރު ކޮށްދިނުމަށް 7 ޖަނަރޭޓަރު ސެޓު ބޭނުންކުރެއެވެ. އެއީ 800 ކިލޯ ވޯޓް ގެ 2 ޖަނެރޭޓަރު ސެޓާއި، 1200 ކިލޯ ވޯޓް ގެ 3 ޖަނަރޭޓަރު ސެޓާއި، 600 ކިލޯ ވޯޓް ގެ 1 ޖަނަރޭޓަރު ސެޓާއި 1000 ކިލޯ ވޯޓް ގެ 1 ޖަނަރޭޓާރު ސެޓެވެ.

މި ޖަނޭޓަރު ސެޓް ތަކުގެ ތެރެއިން 800 ކިލޯ ވޯޓް ގެ ޖަނެރޭޓަރު ސެޓުގެ ތެރެއިން 800 ކިލޯ ވޯޓުގެ ޖަނަރޭޓަރު ސެޓަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 11 ވަނަ ދުވަހު ޖެހުނު މައްސަލައާއި ގުޅިގެން ރަށުގައި ކަރަންޓު އުފެއްދޭ މިންވަރު 4850 ކިލޯވޯޓުން 4000 ކިލޯ ވޯޓަށް ދަށްވެފައި ވާ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ. 

މި ޖަނެރޭޓަރު ސެޓް ހަލާކުވީ ވިއްސާރަ ދުވަސްވަރެއްގައި ކަމަށްވާތީ ކަަރަންޓުގެ ހިދުމަތް މެދުކަނޑާލަން ނުޖެހުނު ނަމަވެސް މޫސުން ރަނގަޅުވުމާއެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ރަށުގެ އެކި ސަރަަހައްދުތަކުން ކަރަންޓު ކަނޑަންޖެހޭނެ ކަމަށް ލަފާކުރެވޭތީ އެހެން ރަށަކުން އިންސްޓޯލް ނުކޮށް ހުރި 800 ކިލޯ ވޯޓް ގެ ޖަނަރޭޓަރެއް ހޯދުމުގެ މަސައްކަތްކުރިކަމަށް ފެނަކައިން ބުންޏެވެ. 

އެގޮތަށް ނިންމައި އެ ޖަނަރޭޓަރު ސެޓް ފުވައްމުލަކަށް ގެންދިޔުމަށް 2 ޖެނުއަރީގައި އެ ޖަނަރޭޓަރު ބަލައި ފޮނުވުނު ނަމަވެސް ކަން މިހެން ކޮށްފިނަމަ ރަށުގެ އާންމު މަސްލަހަތު ގެއްލިދާނެ ކަމަށް ޝަކުވާ ލިބުމުން ފެނަކަ އިން ވަނީ އެ މަސައްކަތް ހުއްޓާލާފައެވެ. އަދި މިއާއި ގުޅިގެން އެ ކުންފުނިން 800 ކިލޯވޯޓް ގެ ޖަނަރޭޓަރު ސެޓެއް ހޯދުމަށް މަސައްކަތް ކުރެވުނު ނަމަވެސް ރާއްޖޭގައި މިވަގުތު ބޭނުންވާ ސައިޒް ގެ ޖަނަރޭޓަރު ސެޓެއް ލިބެން ނެތުމުން އެކަން ވެސް ވަނީ ނާކާމިޔާބު ވެފައެވެ. އެއާއި ގުޅިގެން ފެނަކަ އިން ވަނީ އެރަށުގައި ހަލާކުވެފައި ހުރި ޖަނަރޭޓަރު މަރާމާތު ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.

މައްސަލަ ހައްލުނުވެ އޮއްވާ ހޫނު މޫސުމާއި ކުރިމަތިވެ، ފުވައްމުލަކުގެ އެކި ހިސާބުތަކުން ވަނީ ޝެޑިއުލްކޮށް ކަރަންޓު ކަނޑާފައެވެ. 

800 ކިލޯ ވޯޓް ގެ ޖަނަރޭޓަރެއް ފުވައްމުލަކަށް ހޯދުމުގެ މަސައްކަތުގެ އިތުރަށް މިހާރު ފުވައްމުލަކުގައި ހުރި ޖަނަރޭޓަރު މަރާމާތުކުރުމުގެ މަސައްކަތްވެސް ފެނަކައިން ކުރަމުންދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެހެން ރަށެއްގައި އިންސްޓޯލް ނުކޮށް ޖަނަރޭޓަރެއް ހޯދައި، ފުވައްމުލަކަށް ގެންދެވޭތޯ މިހާރުވެސް މަސައްކަތްކުރަމުންދާކަމަށް ފެނަކައިން ބުންޏެވެ.

މީގެ އިތުރުންވެސް ފެނަކައިން ބުނީ ކުރިއަށް އޮތް ރަމަޟާން މަހާއި ހޫނު މޫސުމަށް ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ދުރާލާ  މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން އެންމެ އަވަހަށް ޖަނަރޭޓަރު ހޯދުމަށް ހިމަނާފައިވާ ރަށްތަކުގެ ތެރޭގައި ފުވައްމުލަކު ހިމެނޭ ކަމަށާއި އެރަށަށް 1200 ކިލޯ ވޯޓް ގެ ޖަނަރޭޓަރު ސެޓް ވެސް ހިމެނޭ ކަމަށް ފެނަކަ އިން މައުލޫމާތުދެއެވެ.

ޖަނަރޭޓަރު ހަލާކުވުމަށް މެދުވެރިވީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ޖަނަރޭޓަރުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ސަމާލުކަން ދީފައިނުވުމުގެ ސަބަބުން ކަމަށާއި ފުވައްމުލަކުން ހަލާކުވި ޖަނަރޭޓަރު ހިންގާތާ 30،000 ގަޑިއިރުވިއރު އޯވާހޯލްކޮށްފައި ނެތްކަން އެ ކުންފުނިން ފާހަގަކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.