އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
23 Jan 2024 | 18:31
ކުރީގެ ރައީސުން، ވެރިކަމުގެ ފުރަތަމަ 2 މަހު، އާމްދަނީ އިތުރުކުރަން ކުރި އީޖާދީ މަސައްކަތަކީ ކޮބައިތޯ: ސަޢީދު

ދައުލަތާއިި މީގެ ކުރީން ހަވާލުވެ ވަޑައިގެންނެވި ވެރީން އެބޭފުޅުންގެ ސަރުކާރުގެ ފުރަތަމަ 2 މަސްދުވަހު، "ސަރުކާރުގެ" އާމްދަނީ އިތުރު ކުރުމަށް ކުރެއްވި އީޖާދީ މަސައްކަތަކީ ކޮބައިތޯ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު ސުވާލު ކުރައްވައިފި އެވެ. 

މިސަރުކާރުން ދައުލަތުގެ އާމްދަނީ އިތުރު ކުރަން އެއްވެސް މަސައްްކަތެއް ކުރާތަން ނުފެންނަ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި، އެމަނިކުފާނުގެ ވެރިކަމުގައިވެސް އިކޮނަމިކް މިނިސްޓަރު ކަން ކުރެއްވި ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިސަރުކާރަކުން ދައުލަތުގެ ހަރުމުދާ ވިއްކުމާއި ޤާނޫނު ތަޅުއަޅުވާފައި ފައިސާޗާޕު ކުރުމާއި މާލީޒިއްމާއިން ރެކުން ފަދަ ކަމެއް ނުކުރާނެ ކަމަށެވެ. 

"ދައުލަތާއިި މީގެ ކުރީން ހަވާލުވި ވެރީން އެބޭފުޅުންގެ ސަރުކާރުގެ ފުރަތަމަ 2 މަސްދުވަހު، “ސަރުކާރުގެ” އާމްދަނީ އިތުރު ކުރުމަށް ކުރެއްވި އީޖާދީ މަސައްކަތަކީކޮބައިތޯ؟" ސަޢީދު ސުވާލުކުރައްވާފައިވެއެވެ. 

ސަޢީދު މިފަދައިން ސުވާލު ކުރައްވާފައި ވާއިރު ރޭ ރައީސް ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް، ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދެއްކެވި ބޭބޭފުޅުންނާ އަމާޒު ކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކައިގައި ވަނީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު ސަރުކާރުން އިއުލާން ކުރަމުންދާ ކަންކަމުން ފެންނަމުންދަނީ ޚަރަދުތައް އިތުރުވާތަންކަން ފާހަގަކުރައްވާފައެވެ.  

"މިސަރުކާރުގެ މި ކުރައްވާ ކަންތައްތަކާއި، އިއުލާން ކުރައްވާ ކަންތައްތަކުން، ހައްތަހާވެސް މިފެންނަނީ، ދެން ހަމަ ރައްޔިތުންގެ ހެވާ ލާބައަށް ކުރާ ކަންކަން، އެއަކާ އަޅުގަނޑު ޑައުޓު ކުރަނީއެއް ނޫން. އެހެންނަމަވެސް ހައްތަހައި ވެސް މި ފެންނަނީ ޚަރަދު، ޚަރަދު، ޚަރަދު،"  ރައީސް ޔާމީން ވިދާޅުވި އެވެ. 

މިއާއެކު ރައީސް ޔާމީން ވިދާޅުވީ، ނިމުނު އެމްޑީޕީ ސަރުކާރުން އިންޑިއާއިން އެކަނި ވެސް 3،000 މިލިއަން އެމެރިކާ ޑޮލަރާ ގާތްކުރާ އަދަދަކަށް ދަރަނި ނަގާފައިވާ ކަމަށެވެ. އެ ފައިސާ ދައްކަން އާމްދަނީ ލިބޭ މަޝްރޫޢުތައް ހިންގުމުގެ ބަދަލުގައި މި ސަރުކާރުން ވެސް ހައްތަހައި ޚަރަދު ބޮޑުކުރަނީ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

"މި ސަރުކާރުގެ އެއްވެސް ވަޒީރަކު ނޫނިއްޔާ މި ސަރުކާރުގެ އެހެން ވެސް މަސްއޫލުވެރި ބޭފުޅަކު މިވެނި މިވެނި ކަންތައްތަކަކުން އިގުތިސާދީ އާމްދަނީ ހޯދާނެ މިވެނި މިވެނި މަޝްރޫއުތައް މި ފަށަނީއޭ. މީގެ ނަތީޖާ މިވެނި ދުވަހެއްގައި ފެންނާނޭ ވިދާޅުވާތަނެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ޔާމީން ވިދާޅުވި އެވެ. 

ކޮމެންޓް
އަހްމަދް ރަސީދު
މާމޮޅު އިކޮނޮމިސްޓެކޯ ދެން މީނައަކީ!
23 Jan 2024
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.