ރަޢިސް ޔާމީން ޕީއެންއެފް އަށް ސޮއިކުރެއްވުން / ފޮޓޯ:ޕީއެންއެފް
ހަބަރު
23 Jan 2024 | 21:58
ރައީސް ޔާމީންގެ ޕީއެންއެފް ރަޖިސްޓަރީ ކުރުން ދެން ލަހެއް ނުވާނެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާރޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ރަޖިސްޓްރީ ކުރުން ދެން ލަސްނުވާނެކަމަށް ޚުދު އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ރޭ ޕީއެންއެފް އޮފީހުގައި އޮތް ޖަލްސާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުރަތަމަ ފަހަރަށް ޕާޓީ ރަޖިސްޓްރީ ކުރުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕާރޓީ ރަޖިސްޓްރީ ކުރުން ލަސްވަނީ ސަބަބުތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް އެސަބުބަތުކުގެ ތަފްސީލަށް ވަޑައިގެންފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ވިދާޅުވީ މާ ލަސްތަކެއް ނުވެ ޕީއެންއެފް ރަޖިސްޓްރީ ކުރައްވާނެ ކަމަށެވެ.

"އަދި މި އުޅެނީ ޕާޓީ ރަޖިސްޓްރީ ނުކުރެވި. ސަބަބުތަކެއް ހުރެގެން ވެސް މެ. އެހެން ނަމަވެސް އިރާދަ ކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ އަޅުގަނޑުމެންގެ ޕާޓީ ރަޖިސްޓްރީ ކުރާނަން،" 

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާލުވިއެވެ.

ޕީއެންއެފް އަކީ ކުރީގެ ރައީސް ޔާމީން މިދިޔަ ނޮވެންބަރު މަހު ޕީޕީއެމުން ކުއްލި ގޮތަކަށް ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވާނެ ކަމަށް ވިދާޅުވެ ރަޖިސްޓްރީ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ސިޔާސީ ޕާރޓީއެކެވެ. މި ޕާރޓީއަށް ސިޔާސީ ޕާރޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްސަން ކޮމިޝަނުން  ދެއްވާފައި ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 29 ގައެވެ.

ރައީސް ޔާމީން މިވަގުތުވެސް ހުންނެވީ 11 އަހަރުގެ ޖަލުހުމެއްގައި ކަމުން ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީން  ދެއްވާފައިވަނީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނަށެވެ.

ރައީސް ޔާމީން ވެސް މިހާރު ޕީއެންއެފް އަށް ސޮއި ކުރައްވާފައި ވާއިރު ، ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއިވެސް މިހާރު ހަމަކޮށްފައިވާކަމަށް އެ ޕާރޓީން މައުލޫމާތު ދެއްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް