ރަޝްނީ އާއި ރައްޒާން--
ހަބަރު
24 Jan 2024 | 15:47
ރައްޒާންގެ ނަން އަނބުރާ ގެންގޮސް މާފަންނު މެދު ދާއިރާއަށް ރަޝްނީއަށް ތާއީދު ކުރަން ނިންމަވައިފި!

މާރިޗު މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގުރެންސް ކޯލިޝަންގެ ޕްރައިމަރީގައި މާފަންނު މެދު ދާޢިރާއަށް ވާދަކުރުމަށް ނިންމާފައިވާ މ.ކީކިމިނި އިބްރާޙިމް ރައްޒާން ރަޝީދުގެ ނަން އަބުރާ ގެންގޮސް އެދާޢިރާއަށް ވާދަކުރައްވާ މ.ކުރުވަނި، ޑރ. ފާޠިމަތު ރަޝްނީއަށް ތާއީދުކުރުމަށް ނިންމާ އެކަން އިޢުލާނުކޮށްފިއެވެ.

އެކަން އިޢުލާނުކޮށްފައި ވަނީ އިބްރާޙިމް ރައްޒާން ރަޝީދުގެ ފަރާތުން ޕްރޮގްރެސިވް ކޮންގުރެންސް ކޯލިޝަންއަށް ނިސްބަތްވާ މާފަންނު މެދު ދާޢިރާގެ ރައްޔިތުންނަށް ފޮނުވި ސިޓީއަކުންނެވެ.

މި ސިޓީގައި ރައްޒާން ބުނެފައި ވަނީ އޭނާ އެގޮތަށް ނިންމީ ކުރިއަށް އޮތް ރައްޔިތުން މަޖިލިހުގެ އިންތިހާބުގައި މަދުވެގެން %20 އިންސައްތަ އަންހެނުންނަށް ފުރުޞަތު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޮޑު ތަޞައްވަރެއް އޮތުމާއި އެކު ، ޑރ. ރަޝްނީއަކީ ތަޢުލީމީ ޤާބިލް ޒުވާނަކަށްވެފައި، ޑރ. މުހައްމަދު މުއިއްޒުގެ އެ ސިޔާސަތަށް ތާޢީދުކޮށް އެކަމަށް އެންމެ ފުރިހަމައަށް އެއްބާރުލެއްވުމެއް ދެއްވުމުގެ މަޤްޞަދުގައި ކަމަށެވެ.

އޭގެ އިތުރުން ރައްޒާނުގެ ސިޓީގައި ބުނެފައި ވަނީ މި ކަމުގައި އޭނާ އެންމެ އިސްކޮށްފައި ވާނީ ޕާރޓީގެ ސިޔާސަތުތައް ނެގެހެއްޓުމާއި، ދާއިރާގެ ރައްޔިތުންގެ ކުރިއެރުމާއި، ތަރައްޤީއަށްކުރާ މަސައްކަތްތަކަށް އޭނާއަށް ވެވުނު އެންމެ ފުރިހަމައަކަށް އެއްބާރުލުންދީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގުރެންސް ކޯލިޝަންއަށް 20 ވަނަ ރައްޔިތުން މަޖިލިހުގެ ސްޕަރ މެޖޯރިޓީ ހޯދައި ދިނުމުގެ މަސްލަހަތުކަމަށެވެ.  

މިއާއެކު ރައްޒާނުގެ ސިޓީގައި ބުނެފައި ވަނީ، ޑރ. ރަޝްނީ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ އެންމެހައި ޤާނޫނުތައް ހެދުމުގައި ރައްޔިތުން މަޖިލިހުގައި މާފަންނު މެދު ދާޢިރާގެ ރައްޔިތުން ތަމްސީލުކުރުމުގެ ޤާބިލްކަން ހުރި ދާއިރާއަށް އިޙްލާސްތެރި ދާއިރާގެ ދަރިއެއް ކަމަށެވެ.

ރައްޒާންގެ ސިޓީ ނިންމާލައިފައި ވަނީ އޭނާއަށް ތާއިދުކުރާ މާފަންނު މެދު ދާޢިރާގެ ރައްޔިތުންގެ އަރިހުން ޑރ. ރަޝްނީއަށް ތާއިދުކުރައްވާ ޕްރޮގްރެސިވް ކޮންގުރެންސް ކޯލިޝަނުން މި މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރައިމަރީގައި ، ޑރ. ރަޝްނީ ވޯޓްލުމަށް އެދިވަޑައިގަންނަވަމުންނެވެ.

ޑރ.ރަޝްނީ އަކީ ޗައިނާއިން ބެޗެލާ އޮފް މެޑިސިން، ބެޗެލާ އޮފް ސާޖަރީ (އެމްބީބީއެސް) މެޑިކަލް ޑިގްރީ ހާސިލްކޮށް، އަނބުރާ ރާއްޖެ ވަޑައިގަތުމުގެ ކުރިން ބަންގްލަދޭޝް، ސްރީލަންކާ އަދި އިންޑިއާއިން އިތުރު ތަމްރީނުތައް ފުރިހަމަކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. 

އެޑިޓަރުގެ ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ވޮއިސް ހަބަރު ކަވަރޭޖަށް 9956888 އަށް ގުޅާލައްވާ
ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.