2023 ވަނަ އަހަރު ގައްދޫގައި ބޭއްވުނު ކައުންސިލް ފުޓްސަލް މުބަރަތުގެ ތެރެއިިން... ފޮޓޯ: ސަޖާތު އަހުމަދު / ގާފު
ކުޅިވަރު
24 Jan 2024 | 17:05
360،000 ރުފިޔާގެ އަގުބޮޑު ފުޓްސަލް މުބާރާތެއް މިއަހަރު ގައްދޫގައި ބާއްވަނީ

"ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖު 2024" ގެ ނަމުގައި މިއަހަރުގެ ނޮވެމްބަރު މަހު 360,000 ރުފިޔާގެ އަގުބޮޑު ފުޓްސަލް މުބާރާތެއް މިއަހަރުގެ ނޮވެމްބަރު މަހު ގދ.ގައްދޫގައި ބޭއްވުމަށް ގައްދޫ ކައުންސިލުން ނިންމައިފިއެވެ.

ގައްދޫ ކައުންސިލުން މިއަދު އާންމުކުރި އިއުލާނެއްގައި ވާގޮތުން ގައްދޫގައި އެންމެ ފަހުން ބޭއްވުނު ކައުންސިލްގެ ފުޓްސަލް ދެ މުބާރާތަކީ ވެސް އަތޮޅު ފެންވަރުގައި ފާހަގަ ކޮއްލެވޭ ދެ މުބާރާތް ކަމަށާއި، އެހެންކަމުން ގައްދޫ ކައުންސިލުގެ މީިހާރުގެ އަމާޒަކީ "ގައްދޫ ފުޓްސަލް ޗެލެންޖު 2024" އަކީ ރާއްޖޭގެ ފެންވަރުގައި ވެސް ފާހަގަކޮއްލެވޭ ފަދަ ފެންވަރު ރަނގަޅު އަގުބޮޑު މުބާރާތަކަށް ހެދުމެވެ.

އެގޮތުން މިއަހަރުގެ މުބާރާތުގައި ވެސް ފިިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ އިތުރުން ޖޫނިއަރ ޑިވިޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދިޔައަހަރުގެ މުބާރާތާއި އަޅާބަލާއިރު، މިއަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމާއި ރަނަރަޕް ޓީމަށް ހުށަހަޅާފައިވާ ފައިސާގެ އިނާމު ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ. އަދި މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި މުޅިން އަލަށް ފެއާޕްލޭ ޓީމަށް ފައިސާގެ އިނާމު ދިނުމަށް ވެސް ގައްދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

މުބާރާތުގެ ޑިވިޝަން ތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތަކަށް ބަލާއިރު ފިރިހެން ޑިވިޝަން ޗެންޕިއަން ޓީމަށް 155،000 ފުރިޔާގެ އިތުރުން ރަނަރަޕް ޓީމަށް 80,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ފެއާޕްލޭ ޓީމް 40,000 ރުފިޔާ ވަނީ ހުށަހަޅާފައެވެ.

އަންހެން ޑިވިޝަންގެ ޗެންޕިއަން ޓީމަށް 30,000 ރުފިޔާގެ އިތުރުން ރަނަރަޕް ޓީމަށް 15,000 ރުފިޔާ ހުށަހަޅާފައިވާއިރު، ފެއާޕްލޭ ޓީމް 5,000 ރުފިޔާ ވަނީ ހުށަހަޅާފައެވެ.

ޖޫނިއަރ ޑިވިޝަން ( 13 އަހަރާއި 17 އަހަރުން ދަށުގެ ކުދިން ) ގެ ޗެންޕިއަން ޓީމަށް 20,000 ރުފިޔާގެ އިތުރުން ރަނަރަޕް ޓީމަށް 10,000 ރުފިޔާ ހުށަހަޅާފައިވާއިރު ފެއާޕްލޭ ޓީމް 5,000 ރުފިޔާ ވަނީ ހުށަހަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.