ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ވޮއިސް
ހަބަރު
25 Jan 2024 | 14:11
ސިޔާމް، ގާސިމް އަދި ނާޒިމް ވާދަ ކުރައްވާ ގޮނޑިތަކަށް ޕީޕީއެމް/ޕީއެންސީން ކުރިމަތި ނުލާން ނިންމައިފި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހިމް ގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު މުހައްމަދު ނާޒިމް ވާދަކުރައްވާ ގޮނޑި ތަކަށް ޕީޕީއެމް އަދި ޕީއެންސީން ކުރިމަތި ނުލުމަށް ނިންމައިފިއެވެ.

ޕީޕީއެމް ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވީ މި ތިން ޕާޓީގެ ލީޑަރުން ކުރިމަތިލައްވާ ދާއިރާތައް އެ ބޭފުޅުންނަށް ދޫކޮށްލާފައިވާ ކަމަށާއި އެދާއިރާއަށް ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަނުން ކުރިމަތި ނުލާނެ ކަމަށެވެ.

އެގޮތުން ޕީޕީއެމް އަދި ޕީއެންސީން ކުރި މަތި ނުލުމަށް ނިންމާފައިވަނީ މިވަނީ ދ.މީދޫ ދާއިރާ އާއި އދ.މާމިގިލި ދާއިރާ އަދި އދ.ދަނގެތި ދާއިރާ އަށެވެ.

"އަޅުގަނޑުމެން ނިންމާފައި މިއޮތީ އެމްއެންޕީގެ ލީޑަރު ރިޓަޔަލް ކާނަލް ނާޒިމް ވާދަކުރައްވާ ދާއިރާއަކަށް އަޅުގަނޑުމެން ޕްރައިމަރީ އަކަށް ނުލާނަމޭ. އަޅުގަނޑުމެން އެޕާޓީގެ ލީޑަރަށް އިހުތިރާމް ކުރުމުގެ ގޮތުން އަޅުގަނޑުމެން ވާދަނުކޮށް، އަޅުގަނޑުމެން އެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ނާޒިމަށް އަޅުގަނޑުމެން ދޭނީއޭ. ހަމަ އެގޮތަށް އެމްޑީއޭގެ ލީޑަރު ވާދަ ކުރައްވަނީ ދާލު އަތޮޅު މީދޫ ދާއިރާއަށް. މީދޫ ދާއިރާވެސް އަޅުގަނޑުމެން ދޫކޮށްލީ އަޅުގަނޑުމެން އެމްޑީއޭއަށް. ޝިޔާމް ވާދަކުރައްވަން. މާމިގލި ދާއިރާއަށް ވާދަކުރައްވަނީ ގާސިމް އިބްރާހިމް. ގާސިމް އިބްރާހިމަށް އަޅުގަނޑުމެން އެ ދާއިރާ ދޫކޮށްލީ. އެހެންވީމަ އެ ތިން ޕާޓީންވެސް އެބަ ވާދަކުރައްވާ. "

އައްބުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަބްދުއްރަހީމް ވަނީ ކުރިން ވެސް އެ ކޯލިޝަނުން ނިންމާފައިވާ ގޮތަށް ހުރިހާ ދާއިރާ އަކަށް ވާދަ ކުރާނެ ކަމަށާއި، މި އިންތިހާބުގައި ވާދަ ކުރަނީ މި ގޮތަށް ވިސްނައިގެން ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.